ކ. މާލެ
|
25 ފެބްރުއަރީ 2022 | ހުކުރު 07:05
ކޮވިޑް-19 ވެކްސިން ކާޑު
ކޮވިޑް-19 ވެކްސިން ކާޑު
ރާއްޖެއެމްވީ
ކޮވިޑް-19، ވެކްސިން ޕްރޮގްރާމް
އިތުރު 1،512 މީހުން ބޫސްޓަރ ޑޯޒު ޖަހައިފި
އިތުރު 18 މީހަކު ފުރަތަމަ ޑޯޒު ޖެހި
ބުރާސްފަތި ދުވަހު 21 މީހަކު ދެވަނަ ޑޯޒު ޖެހި

ރާއްޖޭގައި އިތުރު 1،329 މީހުން ބޫސްޓަރ ޑޯޒު ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު, ބުދަ ދުވަހާއި ހަމައަށް ރާއްޖޭގައި ބޫސްޓަރ ޑޯޒު ޖަހާފައިވަނީ 124،644 މީހުންނެވެ. ބުދަ ދުވަހު ބޫސްޓަރ ޑޯޒު ޖަހާފައިވަނީ މާލެ ސަރަހައްދުން 360 މީހުންނާއި އަތޮޅުތަކުން 969 މީހުންނެވެ.

ބުދަ ދުވަހު ދެވަނަ ޑޯޒު ޖަހާފައިވަނީ 21 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 16 މީހުންނާއި އަތޮޅުތަކުން 5 މީހުންނެވެ. މިއާއެކު ދެ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 370،887 އަށް އަރާފައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް 18 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 12 މީހުންނާއި އަތޮޅުތަކުން 6 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،137 އަށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒު ޖަހަމުންދާއިރު, އެޗްޕީއޭއިން މިހާރު ބުނެފައިވަނީ އެޕޮއިންޓްމެންޓް ނުހައްދައިވެސް ބޫސްޓަރ ޑޯޒު ޖެހޭނެކަމަށެވެ.

- ކޮމެންޓް