Advertisement
ހއ. އިހަވަންދޫ
|
24 ފެބްރުއަރީ 2022 | ބުރާސްފަތި 16:21
އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމަށް ގެންދެވުނު ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް
އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމަށް ގެންދެވުނު ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް
އެމްޓީސީސީ
އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ގެންދެވިއްޖެ:އެމްޓީސީސީ
މިއީ 59.07 މިލިއަން ރުފިޔާގެ މަޝްރޫއުއެއް

ހއ.އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް މި މަޝްރޫއާއި ހަވާލުވެފައިވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނިގޮތުގައި ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވަނީ ފެބްރުއަރީ 23ވީ ބުދަދުވަހުއެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭކަމަށްވެސް އެކުންފުނީއިން ބުނެއެވެ.

59.07 މިލިއަން ރުފިޔާގެ މި މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް