Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 10:30
އަލިފާންގަނޑު ނިއްވުމުގައި އެމްއެންޑީއެފްގެ ޓީމުން ހަރަކާތްތެެރިވަނީ
އަލިފާންގަނޑު ނިއްވުމުގައި އެމްއެންޑީއެފްގެ ޓީމުން ހަރަކާތްތެެރިވަނީ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާއެއް ހިނގުން
ހ. ނޫއަލި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރޯވި އަލިފާންގަޑު މިހާރު ވަނީ ނިއްވާލާފައި
10 މީހުންނަށް ދުމުގެ އަސަރު ކޮށްފައިވޭ

ހ.ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހ. ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 08:55 ހާއިރު ކަަމަށެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

އެގޮތުން ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރު ކަމަށާއި އެމްއެންޑީއެފުން ބުނީ މި ހާދިސާގައި 10 މީހުންނަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ފޮނުވާފައިވާ ކަމަށެވެ.

މި ހާދިސާގައި ގެއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް