ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 23:01
ކޮވިޑް-19 ވެކްސިން ކާޑު
ކޮވިޑް-19 ވެކްސިން ކާޑު
ރާއްޖެއެމްވީ
ކޮވިޑް-19، ވެކްސިން ޕްރޮގްރާމް
ބޫސްޓަރ ޑޯޒު ޖެހި މީހުންގެ އަދަދު 121،000ން މައްޗަށް
ދެވަނަ ޑޯޒު ޖަހާފައިވަނީ 59 މީހުން
14 މީހުން ފުރަތަމަ ޑޯޒު ޖަހާފައިވޭ

ރާއްޖޭގައި ބޫސްޓަރ ޑޯޒު ޖެހި މީހުންގެ އަދަދު 121،000ން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު, ހޯމަ ދުވަހާ ހަމައަށް ރާއްޖޭގައި ބޫސްޓަރ ޑޯޒު ޖަހާފައިވަނީ 121،803 މީހުންނެވެ. ހޯމަ ދުވަހު ބޫސްޓަރ ޑޯޒު ޖަހާފައިވަނީ މާލެ ސަރަހައްދުން 328 މީހުންނާއި އަތޮޅުތަކުން 1،284 މީހުންނެވެ.

ހޯމަ ދުވަހު ދެވަނަ ޑޯޒު ޖަހާފައިވަނީ 59 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 46 މީހުންނާއި އަތޮޅުތަކުން 13 މީހުންނެވެ. މިއާއެކު ދެ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 370،824ށް އަރާފައެވެ.

14 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 6 މީހުންނާއި އަތޮޅުތަކުން 8 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،102ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒު ޖަހަމުންދާއިރު, އެޗްޕީއޭއިން މިހާރު ބުނެފައިވަނީ އެޕޮއިންޓްމެންޓް ނުހައްދައިވެސް ބޫސްޓަރ ޑޯޒު ޖެހޭނެކަމަށެވެ.

- ކޮމެންޓް