ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 22:57
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 796 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 73 މީހުން
އަތޮޅުތަކުން 669 މީހުން ޕޮޒިޓިވްވެފައިވާއިރު ހިންގަމުންދާ ރިސޯޓްތަކުން 22 މީހުން ޕޮޒިޓިވްވެފައިވޭ

އިތުރު 796 މީހަކު ރާއްޖޭގައި ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު 4،171 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. މީގެތެރެއިން މާލެ ސަރަހައްދުން ޓެސްޓްކޮށްފައިވަނީ 1،115 ސާމްޕަލެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 73 މީހުންނެވެ. މިއާއެކު މާލޭގެ ސާމްޕަލް ޕޮޒިޓިވްޓީ ރޭޓް މިހާރު ހުރީ 7 އިންސައްތައިގައެވެ.

ފާއިތުވި 24 ގަޑިއިރު އަތޮޅުތަކުން 669 މީހުން ޕޮޒިޓިވްވެފައިވާއިރު ހިންގަމުންދާ ރިސޯޓްތަކުން 22 މީހުން ޕޮޒިޓިވްވެފައިވެއެވެ. 31 ކޭސް ޕޮޒިޓިވްވީ ކޮންތަނަކުން ކަމެއް ދެނެގަނެވިފައެއްނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 165،525ށް އަރާފައެވެ. މީގެތެރެއިން 151،009 މީހުން ބަލިން ފަސޭހަވެފައިވާއިރު މިވަގުތު އެކްޓިވް ކޭހުގެ އަދަދަކީ 15،211 އެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 25 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

މިހާތަނަށް 292 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު ކޭސްތައް ޖެނުއަރީ މަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. 2500 އަށްވުރެ މަތީގައި ކޭސްތައް ރިޕޯޓު ކުރެވުނު ނަމަވެސް ފެބްރުއަރީ މަސް ފެށުނު ފަހުން ދަނީ ކޭސްތައް ދަށްވަމުންނެވެ.

- ކޮމެންޓް