ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 06:05
ކޮވިޑް ވެކްސިން
ކޮވިޑް ވެކްސިން
ރޮއިޓަރސް
ކޮވިޑް-19، ވެކްސިން ޕްރޮގްރާމް
ބޫސްޓަރ ޑޯޒްޖެހި މީހުންގެ އަދަދު 120،000 ން މައްޗަށް
ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 1795 މީހުން
ދެވަނަ ޑޯޒު ޖެހީ 55 މީހުން
16 މީހަކު ފުރަތަމަ ޑޯޒު ޖަހާފައިވޭ

ރާއްޖޭގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 120،000ން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހާއި ހަމައަށް ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 120,191 މީހުންނެވެ. އާދީއްތަ ދުވަހު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ މާލެ ސަރަހައްދުން 399 މީހުންނާއި އަތޮޅުތަކުން 1،396 މީހުންނެވެ.

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހާފައިވަނީ 55 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 49 މީހުންނާއި އަތޮޅުތަކުން 6 މީހުންނެވެ. މިއާއެކު ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،765ށް އަރާފައެވެ.

ފުރަތަމަ ޑޯޒް 16 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 10 މީހުންނާއި އަތޮޅުތަކުން 6 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،088ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަމުންދާއިރު, އެޗްޕީއޭއިން މިހާރު ބުނެފައިވަނީ އެޕޮއިންޓްމެންޓް ނުހައްދާވެސް ބޫސްޓަރ ޑޯޒް ޖެހޭނެކަމަށެވެ.

- ކޮމެންޓް