ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 06:07
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 656 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 79 މީހުން
އަތޮޅުތަކުން 497 މީހުން ޕޮޒިޓިވްވެފައިވާއިރު ހިނގަމުންދާ ރިސޯޓްތަކުން 48 މީހުން ޕޮޒިޓިވްވެފައިވޭ

އިތުރު 656 މީހަކު ރާއްޖޭގައި ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު 4،191 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. މީގެތެރެއިން މާލެ ސަރަހައްދުން ޓެސްޓްކޮށްފައިވަނީ 1،161 ސާމްޕަލެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 79 މީހުންނެވެ. މިއާއެކު މާލޭގެ ސާމްޕަލް ޕޮޒިޓިވްޓީ ރޭޓް މިހާރު ހުރީ 7 އިންސައްތައިގައެވެ.

ފާއިތުވި 24 ގަޑިއިރު އަތޮޅުތަކުން 497 މީހުން ޕޮޒިޓިވްވެފައިވާއިރު ހިނގަމުންދާ ރިސޯޓްތަކުން 48 މީހުން ޕޮޒިޓިވްވެފައިވެއެވެ. 32 ކޭސް ޕޮޒިޓިްވިވީ ކޮންތަނަކުން ކަމެއް ދެނެގަނެވިފައި ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 165،729ށް އަރާފައެވެ. މީގެތެރެއިން 150،436 މީހުން ބަލިން ފަސޭހަވެފައިވާއިރު މިވަގުތު އެކްޓިވް ކޭހުގެ އަދަދަކީ 14،988 އެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 23 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

މިހާތަނަށް 292 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު ކޭސްތައް ޖެނުއަރީ މަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. 2500 އަށްވުރެ މަތީގައި ކޭސްތައް ރިޕޯޓު ކުރެވުނު ނަމަވެސް ފެބްރުއަރީ މަސް ފެށުނު ފަހުން ދަނީ ކޭސްތައް ދަށްވަމުންނެވެ.


Advertisement
- ކޮމެންޓް