Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2022 | އާދީއްތަ 16:52
ރައީސް ކުރެންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން
ރައީސް ކުރެންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން
ރާއްޖެއެމްވީ
ރައީސް ޅ އަތޮޅަށް ކުރައްވާ ދަތުރުފުޅު
ބިމުގެ ދަތިކަން ހުރުމާއެކު، ކުރެންދޫގައި އަޅަން ޖެހޭނީ ފްލެޓް: ރައީސް
މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު އިއުލާން ކުރާނަން

ޅ. ކުރެންދޫގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަަމަށާއި, ރަށުގައި ބިމުގެ ދަތިކަން އޮތުމާއެކު, އަޅަން ޖެހޭނީ ފްލެޓްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު އިއުލާން ކުރައްވާނެ ކަމަށެވެ.

މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަކީ ރިޔާސީ އިންތިޚާބުގައި ވީ ވައުދުތަކާއި އެޖެންޑާ 19ގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކަމަށާއި, ކޮވިޑުގެ ހާލަތުގައި ސަރުކާރަށް ވެސް ދަތި އުނދަގޫތައް ދިމާވުމުން ބައެއް މަޝްރޫއުތައް ފަސްކޮށް ތަރުތީބުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ކޮންމެ ރަށަކަށް ވެސް ވަޑައިގެން އެ ރަށެއްގައި ކުރިއަށްދާ މަޝްރޫއުތައް ކައިރިން ބައްލަވާލެއްވުމުން, އެންމެ ބާރު ސްޕީޑުގައި ކުރިއަށް ގެންދަންވީ މަޝްރޫއުތައް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގައި ނުފެށި ހުރި މަޝްރޫއުތައް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި, މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ރަށުގައި ބަނދަރުގެ ދަތިކަން ހައްލުކުރުމަކީ އުނދަގޫކަމެއްކަން ފާހަގަކުރައްވައި, ޓެކްނިކަލް ސަރވޭއެއް ހަދައި އެ މައްސަލަ ވެސް ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒަށް ހޯދަން ޖެހޭ ވަސީލަތްތައް ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި 6 ރަށަކަށް ވަނީ ވަޑައިގަންނަވާފައެވެ. ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން 20 ވަނަ ދުވަހަށް އެމަނިކުފާނު ޅ އަތޮޅަށް ކުރެއްވި މިދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ ކުރެންދޫއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް