ކ. މާލެ
|
20 ފެބްރުއަރީ 2022 | އާދީއްތަ 14:43
ރައީސް ސާލިހް ޅ. ކުރެންދޫއަށް ވަޑައިގަތުން
ރައީސް ސާލިހް ޅ. ކުރެންދޫއަށް ވަޑައިގަތުން
ރާއްޖެއެމްވީ
ރައީސް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅު
ރައީސް ޅ. ކުރެންދޫއަށް ވަޑައިގެންފި
މި ރަށުގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ޅ. ކުރެންދޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނަށް އެރަށުން ވެސް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ކައުންސިލާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރެންދޫގެ ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާނެއެވެ. މީގެއިތުރުން ރައީސް އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސް ޕާޓީގެ މެމްބަރުންނާއި ވެސް ބައްދަލުކުރައްވާނެއެވެ.

ރައީސް ޅ. އަތޮޅަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ ޅ. މަޑިވަރަށް ވަޑައިގެން އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ޅ. ހިންނަވަރަށް ވެސް ވަޑައިގެންފައިވާއިރު އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ޖުމްލަ ހަ ރަށަކަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމާއި އަދި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުން ހިމެނެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

- ކޮމެންޓް