ކ. މާލެ
|
19 ފެބްރުއަރީ 2022 | ހޮނިހިރު 16:19
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
އަމްނާ އިމާދު
މަރުވެފައި އޮތް މީހަކު ފެނުން
މަރަދޫ-ފޭދޫ ފަޅު ގެއަކުން މަރުވެފައި އޮއްވާ ފެނުނީ 40 އަހަރުގެ ފިރިހެނެއް
މަރުވެފައި އޮއްވާ ފެނުނީ ޏ. ފުވައްމުލަކު ހިތަށް ފިނިވާގޭ 40 އަހަރުގެ އަލީ އިބްރާހީމް
އެމީހާ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:14ހާއިރު
އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް

އައްޑޫ ސިޓީ މަރަދޫ-ފޭދޫ ފަޅު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ ޏ. ފުވައްމުލައް ހިތަށް ފިނިވާގެ, 40 އަހަރުގެ އަލީ އިބްރާހީމެވެ.

ފުލުުހުން ބުނީ އައްޑޫސިޓީ މަރަދޫ-ފޭދޫ ފަޅު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށާއި، އެމީހާ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:14ހާއިރު ކަމަށެވެ.

އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

- ކޮމެންޓް