ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 12:10
ތިނަދޫ ފްލެޓް
ތިނަދޫ ފްލެޓް
ރާއްޖެއެމްވީ
ބޯޑިންގ ހައުސް ހިންގުން
ރަޖިސްޓްރީ ނުކޮށް ބޯޑިންގ ހައުސް ހިންގާނަމަ ބޮޑެތި އަދަދުތަކުން ޖުރިމަނާކުރަނީ
 
ބޯޑިން ހައުސްގައި މީހުން ބޭތިއްބޭނީ އެއްބަސްވުމެއްގެ ދަށުން
 
ބޯޑިން ހައުސް ރަޖިސްޓްރީކޮށް ދިނުމުގައި ގިނަ ކަންކަމަކަށް ބަލާ
 
ގަވާއިދާ ޚިލާފުވާ ކޮންމެ ފަހަރަކު ޖޫރިމަނާ އަދަދު ބޮޑުވޭ

ރަޖިސްޓްރީ ނުކޮށް ބޯޑިންގ ހައުސް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅިގެންދާނެ ކަމަށް ބަޔާންކޮށް މިކަމާއި ގުޅެ ގަވާއިދު އާންމުކޮށްފިއެވެ.

ބޯޑިންގ ހައުސްގެ ގޮތުގައި ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ޚާއްސަ އުސޫލުތަކާ ބެހޭ ގަވާއިދު ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، މިއީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނުގެ 47 ވަނަ މާއްދާއާއި، 49 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގައި ވަނީ ބޯޑިންގ ހައުސްއެއްގެ ގޮތުގައި ކުއްޔަށްދޭން ބޭނުންވާ ގެއެއް، އެ ހުރި ތަނެއްގެ ކައުންސިލަކަށް ހުށަހަޅައި ރަޖިސްޓްރީކުރަންޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ނުކޮށް ބޯޑިން ހައުސް ހިންގާކަމުގެ ޝަކުވާތައް ކައުންސިލަށް ލިބިއްޖެނަމަ އެތަން ބަލައި ފާސްކުރުމާއި، ރަޖިސްޓްރީ ކުރަން އެންގުމުގެ ބާރު ކައުންސިލަށް ލިބެއެވެ. އަދި ބޯޑިން ހައުސްގެ ހިންގުމަށް ހުއްޓުވައި، އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ބާރުވެސް ކައުންސިލްތަކަށް ވަނީ ލިބިފައެވެ.

އަދި ރަޖިސްޓްރީ ނުކޮށް ބޯޑިން ހައުސް ހިންގާ ފަރާތްތައް ޖޫރިމަނާ ކުރެވިގެންދާނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެއެވެ. މިގޮތުން ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި މިކަންކަން ތަކުރާރުވާ ކޮންމެ ފަހަރަކު 3،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައި ވެއެވެ.

ބޯޑިންގ ހައުސް ރަޖިސްޓްރީ ކޮށްދިނުމަށް މައިގަނޑު 11 ކަމަށް ބަލާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން އެތަނެއްގައި ހުރި ކޮޓަރީގެ އަދަދާއިި، ކޮޓަރިތަކުގައި ހުންނަންވާ މިންގަނޑުތަކާއި، އެތަނުގައި އުޅޭ މީހުންނަށް ކޮންމެ ވަގުތަކުވެސް ފަސޭހައިން ވަދެ ނިކުމެވޭ ގޮތަށް ހުރުމާއި، އެތަނުގެ އެތެރޭގައި ހުންނަންޖެހޭނެ މިންގަނޑުތައް ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަން ބެލުމަށްފަހު އެތަނެއް ރަޖިސްޓްރީކޮށްދޭއިރު، ރަޖިސްޓްރީކޮށްދިންކަމަށް ދޭ ހުއްދައިގައި ކޮޓަރިއެއްގައި މީހުން ބޭތިއްބޭނެ އަދަދާއި، ބޯޑިންގ ހައުސް ހިންގުމުގެ ހުއްދަ ދެވޭ މުއްދަތާއި، ބޭތިއްބޭނެ މީހުންގެ ޖިންސާއި އުމުރާއި، ކައްކައި، ކައިބޮއި، އެއްޗެހި ދޮވެ އިސްތިރިކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރިކަން ހިމަނަންވާނެ ކަމަށް ގަވާއިދުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ބޯޑިންގ ހައުސްގައި މީހުން ބޭތިއްބޭނީ ބޯޑިން ހައުސް ހިންގާ ފަރާތްތަކާއި، ބައިތިއްބާ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. ދެޖިންސުގެ މީހުން ބައިތިއްބާނަމަ އެމީހުން ބައިތިއްބަންޖެހޭނީ ވަކިން ކަމަށާއި، 18 އަހަރު ނުވާ ކުއްޖަކު ބަހައްޓާނަމަ އެ ކުއްޖާގެ ބެލެނިވެރިޔާއާއެކު އެއްބަސްވުމަކަށް ދާންޖެހޭނެއެވެ.

ބޯޑިންގ ހައުސްގެ ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރީ އައުކުރުމަށް ކައުންސިލަކަށް ހުށަހަޅަންޖެހޭނެއެވެ. ރަޖިސްޓްރީ ހަމަވުމުންވެސް އެތަން ހިންގާކަން ކައުންސިލަށް ފާހަގަވެއްޖެނަމަ ޖުރިމަނާކުރެވޭނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

18 ފެބްރުއަރީން ފެށިގެން މި ގަވާއިދަށް ވަނީ އަމަލުކުރަން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި