Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 03:01
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް
އެމްޑީޕީ
އެމްޑީޕީ ޕީޖީ ގްރޫޕްގެ އިންތިޚާބު
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިޚާބު ހުކުރު ދުވަހު، ޕީޖީ ލީޑަރުކަމަށް އާޒިމް އާއި އަސްލަމް
ޑެޕިޔުޓީ ޕީޖީ ލީޑަރު ކަމަށް 3 މެމްބަރުން ކުރިމަތިލައްވާ
އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 1:30ން ހަވީރު 5:30ށް

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް އާއި މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ އާޒިމް އާއެކު ޕީޖީ ގްރޫޕްގެ އެކި މަގާމުތަކަށް 15 މެމްބަރުން ކުރިމަތިލައްވައިފިއެވެ.

ޕީޖީ ޑެޕިއުޓީ ލީޑަރ ކަމަށް ކުރިމަތިލައްވާފައިވަނީ މުޙައްމަދު ރަޝީދު ޙުސެއިން، ޙުސެއިން ޝަހީމް އަދި އިލްޔާސް ލަބީބެވެ. އަމީން ޢާންމުކަމަށް ކުރިމަތިލައްވާފައިވަނީ ޙުސެއިން މުޙައްމަދު ދީދީ އެވެ. ޑެޕިއުޓީ އަމީން އާންމު ކަމަށް ކުރިމަތިލައްވާފައިވަނީ މުހައްމަދު ނިހާދު އާއި އިބްރާހީމް މުޢިއްޒުއެވެ.

ޗީފް ވިޕްލައިން ކަމަށް ކުރިމަތިލައްވާފައިވަނީ ޢަބްދުލް މުޣުނީ އާއި މުޙައްމަދު ރާޢީއެވެ.

Advertisement

ވިޕުންގެ 6 މަގާމަށް ކުރިމަތިލައްވާފައިވަނީ މުޙައްމަދު ރާޝިދު، ޙުސެއިން ޒިޔާދު، މުޙައްމަދު ޝިފާޢު، އަޙްމަދު ޚައިތަމް އަދި މޫސާ ސިރާޖެވެ.

އިންތިޚާބު އޮންނާނީ ހުކުރު ދުވަހުއެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 1:30ން ހަވީރު 5:30އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް