ހ.އ ދިއްދޫ
|
16 ފެބްރުއަރީ 2022 | ބުދަ 22:38
ހއ. ދިއްދޫ
ހއ. ދިއްދޫ
ސޯޝަލް މީޑިއާ
ދިއްދޫ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތް
ދިއްދޫގައި ބާއްވާ "ޔޫތު ޗެމްޕިއަންޝިޕް 1ވަނަ ވޮލީ މުބާރާތް" މާރޗްމަހު ފަށަނީ
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާރޗް 3ގައި

ހއ. ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫތު ޗެމްޕިއަންޝިޕް 1ވަނަ ވޮލީ މުބާރާތް" މާރޗް 3ގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ދިއްދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި މި މުބާރާތަކީ ދިއްދޫގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް/ޖަމްއިއްޔާތަކާއި ދިއްދޫގެ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި ބޭއްވޭ މުބާރާތެކެވެ. މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށްވެސް ދިއްދޫ ކައުންސިލުން މައުލޫމާތުދެއެވެ.

ޔޫތު ޗެމްޕިއަންޝިޕް 1ވަނަ ވޮލީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް، 15:30އިން 21:00އަށް ދިއްދޫ އިޖްތިމާއީ މަރުކަޒުންނެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ގުރުއަތުލުން އޮންނާނީ ފެބްރުއަރީ 28ވާ ހޯމަ ދުވަހުގެ 21:00ގައި ދިއްދޫ އިޖްތިމާއީ މަރުކަޒުގެއެވެ.

- ކޮމެންޓް