ހ.އ ދިއްދޫ
|
6 ނޮވެންބަރ 2021 | ހޮނިހިރު 09:35
ދިއްދޫގައި ބޭއްވުނު ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗް
ދިއްދޫގައި ބޭއްވުނު ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗް
މަލީހާ ރަޝީދު
ދިއްދޫގައި ބާއްވާ ހޭންޑްބޯލް މުބާރާތް
ދިއްދޫ ކައުންސިލްގެ ފަރާތުން ހޭންޑްބޯލް މުބާރާތެއް ފަށައިފި
 
ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗް ކުޅެފައިވަނީ ހުކުރުދުވަހުގެރޭ

ދިއްދޫ ކައުންސިލްގެ ރައީސް ބާއްވަވާ ހޭންޑްބޯލް މުބާރާތް ހުކުރުދުވަހުގެރޭ ފަށައިފިއެވެ.

ދިއްދޫ ފުޓްސަލް ދަނޑުގައި ފެށުނު މި މުބާރާތުގައި، ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ ނާޑް ސްޕޯރޓްސް ކުލަބާއި ހީވެސްނުވޭއާއި އެވެ. މި މެޗް ހީވެސްނުވޭއިން ކާމިޔާބު ކޮށްފައިވަނީ 34 ލަނޑު 17 ލަނޑުންނެވެ. ކުއީން އޮފަ ދަ މެޗަކަށް ހޮވިފައިވަނީ ހީވެސްނުވޭ ޓީމްގެ ރަމްޒިއްޔާ އަބްދުﷲއެވެ. ދެވަނަ މެޗްގައި ބައްދަލުކޮށްފައިވަނީ ހއ.އެފް.ސީ.އެސް.ސީ އާއި މިޑްލް ސްޕޯރޓްސް ކުލަބެވެ. މިޑްލް ސްޕޯރޓް ކުލަބްއިން މި މެޗް ކާމިޔާބު ކޮށްފައިވަނީ 84 ލަނޑު 0 ލަނޑުންނެވެ. މިމެޗްގެ ކުއީން އޮފްދަ މެޗަށް ހޮވިފައިވަނީ މިޑްލް ސްޕޯރޓްސްގެ އާއިޝަތު ޢިބާދާއެވެ. އިބާދާ ވަނީ މި މެޗުގައި ހއ.އެފް.ސީ.އެ.ސީ ކޮޅަށް 48 ގޯލު ޖަހާފައިއެވެ.

މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރުގައި ރަނަރަޕް ޓީމަށް 2000 ރުފިޔާ އަދި ފެއަރޕްލޭ ޓީމަށް 1000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި މުބާރާތުގެ ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ނިންމާފައިވާއިރު މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދިއްދޫގައި މިބޭއްވޭ ހޭންޑްބޯލް މުބާރާތަކީ ދިއްދޫ ކައުންސިލް ރައީސްގެ ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ. ކުރިއަށް އޮތް ފަސް އަހަރު (އަހަރަކު އެއްފަހަރު) މިމުބާރާތް ބޭއްވުމަށް ނިންމާފައިވާއިރު، މިއީ މިގޮތުން ބޭއްވޭ އެންމެ ފުރަތަމަ ހޭންޑްބޯލް މުބާރާތެވެ. ދިއްދޫ ކައުންސިލްގެ ރައީސް ހާމަކުރައްވާ ގޮތުގައި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ހއ.ދިއްދޫގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިޖްތިމާއީ ގުޅުން ބަދަހިކުރާމާއި ކުޅިވަރުގެ ރޫހު އާލާކޮށް ދެމެހެއްޓުމެވެ.

ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ހަ ޓީމެއް ބައިވެރިވެއެވެ. މުބާރަތުގެ ފައިނަލް މެޗް އޮންނާނީ 12 ނޮވެމްބަރ 2021 ވާ ހުކުރު ދުވަހުގެ ރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް