Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 14:41
އިމްތިޔާޒް ފަހުމީ - މާފަންނު އުތުރު ދާއިރާގެ މެމްބަރު
އިމްތިޔާޒް ފަހުމީ - މާފަންނު އުތުރު ދާއިރާގެ މެމްބަރު
ޝުއައިބް މުހައްމަދު އިގްބާލް
އެމްޑީޕިގެ ޗެއާޕާރސަންގެ މަޤާމު
އެމްޑީޕިގެ ޗެއާޕާރސަންގެ މަގާމަށް އިންތި ފޯމް ހުށަހަޅުއްވައިފި
ޗެއާޕާރސަންގެ އިންތިހާބުގައި މިހާތަނަށް ވާދަކުރައްވާނެ ކަމަށް ހާމަކޮށްފައިވަނީ އިންތިގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިންތި ވަނީ އެމްޑީޕީގެ ސްޕޯކްސްޕާރސަންގެ މަގާމުންވެސް ބުދަ ދުވަހު އިސްތިއުފާ ދެއްވާފައި
އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީއަށް އިންތި ފޯމް ހުށަހެޅުއްވީ އަންގާރަ ދުވަހުގެ ރޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާރސަންގެ މަޤާމަށް ވާދަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ފޯމު ހުށަހަޅުއްވައިފިއެވެ.

ފޯމް ހުށަހެޅުއްވުމަށްފަހު އިންތި ވިދާޅުވީ ޗެއާޕާރސަންގެ މަގާމަށް ވާދަކުރެއްވުމަށްޓަކައި ތާއީދު ފޯމާއި ކެންޑިޑެންސީ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީއަށް އަންގާރަ ދުވަހުގެ ރޭ ހުށައަޅުއްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ އިންތިހާބުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ 19، ގެ 16:00 ގަ އެވެ. ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ފެބްރުއަރީ 22 ގައި އެ ޕާޓީން އިއުލާން ކުރާނެ އެވެ. އެމްޑީޕީގެ ޗެއާޕާރސަން ކަމާއި އެ ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފައި ވަނީ މިހިނގާ ފެބްރުއަރީ 12 ގައެވެ.

Advertisement

އިންތި ވަނީ 2012 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދެވި އެމްޑީޕީގެ ސްޕޯކްސްޕާރސަންގެ މަގާމުންވެސް ބުދަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. ޗެއާޕާރސަންގެ އިންތިހާބުގައި މިހާތަނަށް ވާދަކުރައްވާނެ ކަމަށް ހާމަކޮށްފައިވަނީ އިންތިގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

އެމްޑީޕީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އެޕްރީލް 16 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް