ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 23:59
ކޮވިޑަށް ޓެސްޓުކުރުން، ހެންވޭރު ދަނޑުގައި
ކޮވިޑަށް ޓެސްޓުކުރުން، ހެންވޭރު ދަނޑުގައި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަންގާރަ ދުވަހު އިތުރު 1،037 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 138 މީހުން
އަތޮޅުތެރެއިން 828 މީހުން ޕޮޒިޓިވްވި
ރިސޯޓުތަކުން 41 މީހުން ވަނީ ޕޮޒިޓިވްވެފައި

އަންގާރަ ދުވަހު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 1،037 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް 4،061 ސާމްޕަލެއް ޓެސްޓުކޮށްފައި ވާއިރު, މާލެ ސަރަހައްދުން ޓެސްޓުކޮށްފައިވަނީ 1،252 ސާމްޕަލެވެ.

އަންގާރަ ދުވަހު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 138 މީހުންނާއި, އަތޮޅުތެރެއިން 828 މީހުންނާއި، ރިސޯޓުތަކުން 41 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި 13 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުންކަން ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއާއެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 161،113ށް ވަނީ އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 15,787 ކޭހެއް ގުނަމުންދެއެވެ. މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދަނީ 30 މީހުންނަށެވެ.

މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 145،029 މީހުންނެވެ. އަދި 289 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.

މިހާރު ފެންނަ ކޮވިޑު ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު, ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

- ކޮމެންޓް