Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 06:41
ސްޓާރސް ބްރޭންޑުގެ ސްޕްރިންއަނިއަން
ސްޓާރސް ބްރޭންޑުގެ ސްޕްރިންއަނިއަން
ސްޓާރސްގެ ފިޔާ ގަސް ބޭނުންނުކުރަން އެންގުން
ޕެސްޓިސައިޑް އެކުލެވޭތީ "ސްޓާރސް" ބްރޭންޑުގެ ސްޕްރިންގ އަނިއަން ބޭނުން ނުކުރުމަށް އަންގައިފި
އެއީ މިސްރުގެ އުފެއްދުމެއް
އެމްއެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން އެ ބްރޭންޑުގެ ކުދި ފިޔާ ގަނެ، ބޭނުންނުކުރުމަށް ވަނީ އަންގާފައި
ޕެސްޓިސައިޑަކީ ގަސްތަކަށް ނުރައްކާ ކުރުވާ ކުދި ސޫފިތައް މެރުމަށް ބޭނުންކުރާ ބޭސް

ރާއްޖެ އެތެރެކޮށްފައިވާ "ސްޓާރސް" ބްރޭންޑުގެ ސްޕްރިންގ އަނިއަން އިން "ޕެސްޓިސައިޑް" ފެނިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. ސްޕްރިންގ އަނިއަން އަކީ ފިޔާގަހުގެ ބާވަތެކެވެ.

ޕެސްޓިސައިޑަކީ ގަސްތަކަށް ނުރައްކާކުރުވާ ކުދި ސޫފިތައް މެރުމަށް ބޭނުންކުރާ ބޭހެވެ. އެމްއެފްޑީއޭއިން ބުނީ ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމުގައިވާ ސްޓާރސް ބްރޭންޑުގެ ސްޕްރިންގ އަނިއަން ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑުން އަންގާފައިވާކަމަށެވެ.

Advertisement

މިއީ މިސްރުގެ އުފެއްދުމެއް ކަމަށާއި، މި އުފެއްދުން ހޯލްސޭލް ކޮށްފައި ވަނީ ނެދަރލެންޑްސްގެ ކުންފުންޏެއް ކަމުގައިވާ ގްލޯބަލް ގްރީން ޓީމުން ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އެމްއެފްޑީއޭއިން ބުނީ މި އެލާޓާއި ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ޔަގީންކަމުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާކަމަށެވެ.

އެހެންކަމުން އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން މިސްރުގެ ސްޓާރސް ބްރޭންޑުގެ ސްޕްރިންގ އަނިއަން ނުވަތަ ކުދި ފިޔާ އަދި ފިޔާ ގަސް ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް