Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2022 | އާދީއްތަ 22:10
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަކުރެވިފައިވާ ހުޅުމާލެ ސަހަރާ
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަކުރެވިފައިވާ ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑް-19ގައި މީހަކު ނިޔާވުން
ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ 81 އަހަރުގެ އަންހެނެއް ނިޔާވެއްޖެ
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 289 ވަނަ މީހާ
ފަރުވާ ހޯދަމުން ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލުން
ނިޔާވީ އާދިއްތަ ދުވަހުގެ ހަވީރު 4:20ގައި

ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ 81 އަހަރުގެ އަންހެނެއް ނިޔާވެފައިވާ ކަމަށާއި، އެ އަންހެން މީހާ ނިޔާވީ އާދިއްތަ ދުވަހުގެ ހަވީރު 4:20ގައި ކަމަށެވެ.

Advertisement

ނިޔާވިއިރު އެ އަންހެން މީހާ ފަރުވާ ހޯދަމުން ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 289 ވަނަ މީހާއެވެ.

އާދިއްތަ ދުވަހު މީހަކު ނިޔާވެފައިވާއިރު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ މީހަކު ހޮނިހިރު ދުވަހުގެ މެންދުރު 02:14ގައި ނިޔާވެފައިވެއެވެ. އެއީ 72 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއީ ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 288 ވަނަ މީހާއެވެ.

ރާއްޖޭގައި މިހާތަނަށް 158،031 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވެއެވެ. އަދި 141،569 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. 16،161 އެކްޓިވް ކޭސް ހިމެނޭއިރު، 41 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންދަނީ ފަރުވާ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް