Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2022 | އާދީއްތަ 02:52
އިމްތިޔާޒް ފަހުމީ (އިންތި)
އިމްތިޔާޒް ފަހުމީ (އިންތި)
އެމްޑީޕީ
އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމު
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އިންތި ކުރިމަތިލައްވަނީ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައި

އެމްޑީޕީގެ ޗެެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Advertisement

ޗެެއާޕާސަން ކަމަށް އިންތި ގެނައުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ހިންގަމުން އަންނަނިކޮށް އިންތި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން ނިންމެވިކަން ހޮނިހިރު ދުވަހުގެ ރޭ އިއުލާނު ކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަންގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ މަގާމަށް މީހަކު އައްޔަނު ކުރަންޖެހެއެވެ. އެ މަގާމުގައި ވޭތުވެދިޔަ ފަސް އަހަރު ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މިއީ މި މަގާމުގައި ދައުރު ހަމަކުރެއްވި ފުރަތަމަ މެމްބަރެވެ.

ޗެއާޕާސަން ހޮވުން އޮތީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ. ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓުންގެ ނަންތައް 22 ފެބްރުއަރީގެ ހަވީރު 4:00 ގައި އިއުލާން ކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް