ކ. މާލެ
|
12 ފެބްރުއަރީ 2022 | ހޮނިހިރު 22:49
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ
 
ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 41 މީހަކަށް
 
ރަށްރަށުން 806 މީހަކު ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވޭ
 
މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 14 އިންސައްތާގައި

މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު ދަށްވެ، ރިޕޯޓް ކުރާ ކޭހުގެ އަދަދު ވެސް ދަށްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ނިމިގެންދިޔަ 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން ނަގާފައިވަނީ 1076 ސާމްޕަލްއެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވީ 155 މީހުންނެވެ. އޭގެ ކުރީ ދުވަހު 1274 ސާމްޕަލް ނަގާފައިވާއިރު, ޕޮޒިޓިވްވީ 206 މީހުންނެވެ. މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު ދަށްވެފައިވަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު ވަނީ 2000ން ދަށްވެފައެވެ.

މާލެ ސަރަހައްދުން ރިޕޯޓްކުރާ ކޭހުގެ އަދަދު, ނަގާ ސާމްޕަލްތަކުގެ އަދަދާއެކު ދަށްވެފައިވާ އިރު، މަޑު މަޑުން ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ވެސް އަންނަނީ ދަށްވަމުންނެވެ. އެގޮތުން ހުކުރު ދުވަހުގެ ހަވީރު 6:00ން ހޮނިހިރު ދުވަހުގެ ހަވީރު 6:00ށް ނަގާފައިވާ ސާމްޕަލްތަކުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 14 އިންސައްތައިގައެވެ.

މި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން ނެގި 1076 ސާމްޕަލާއެކު ޖުމްލަ 4390 ސާމްޕަލް މުޅި ރާއްޖެއިން ނަގައި ޓެސްޓް ކޮށްފައިވެއެވެ. މީގެ ތެރެއިން ޕޮޒިޓިވްވީ 1128 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 155 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 806 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވް 65 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 4 މީހުންނެވެ. މި 24 ގަޑި އިރު ތެރޭގައި 98 މީހުން ޕޮޒިޓިވްވީ ކޮންތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން 158،031 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 141،569 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ހޮނިހިރު ދުވަހު 1193 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެކްޓިވް ކޭހުގެ ގޮތުގައި 16161 މީހަކު ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 41 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. 288 މީހަކު ބަލީގައި މިހާތަނަށް ނިޔާވެފައިވާއިރު، ޖެނުއަރީ މަހުގައި 15 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އަދި މި މަހުގެ މިހާތަނަށް 11 މީހަކު ވަނީ ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
13 ފެބްރުއަރީ 2022 | އާދީއްތަ 08:30
sadInq
ތި ކޮންމެ ދުވަހަކު ގެނެސްދޭ ސްޓެޓިސްޓަކީ ރަގަޅު އަދަދެދެއް ނޫން. ކީއްވެ މީހުން މާލޭ މީހުން ޓެސްޓް ނުކުރާ ވާހަކަ ނުބުނަނީ
13 ފެބްރުއަރީ 2022 | އާދީއްތަ 08:24
ހެއްރަބެ
ތިޔަ ކުޅެމުން ގެންދާ ކޮރޯނާ ޑްރާމާ ދެން ނިންމާލަން ވެއްޖެ އެއް ނޫންތަ؟؟؟؟ ކޮންކަމެއް ހާސިލް ނުވެގެން ތޯ ތިޔަ އުޅުއްވަނީ!!!! ފޫނެތް ފައަކަން ފެންފުރުމުގެ މާނައެއް ނެތެއްނޫންތޯ؟؟؟؟ ތިިޔަ ކުޅުއްވާ ކޮވިޑް ޑްރާމާ ނިމުމަކަށް ގެނަސް ރާއްޖޭގެ ރައްޔިތުންނަށް ހަމަ ނޭވާލައިގެން އެބައިމީހުންގެ ދިރިއުޅުމުގެ މަސައްކާތާގެން ކުރިއަށް ދިއުމުގެ ފުރުސަތު ދެއްވިއްޔާ މާމޮޅުވާނެ!!!