ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 22:29
އޮސްޓްރޭލިޔާއިން މިހާރު ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހުންނަވަނީ ލަންކާގައި
އޮސްޓްރޭލިޔާއިން މިހާރު ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހުންނަވަނީ ލަންކާގައި
ފޮރިން މިނިސްޓްރީ
އޮސްޓްރޭލިއާގެ ހައި ކޮމިޝަން އެއްރާއްޖޭގައި
އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވުމަށް ނިންމައިފި
 
ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 25 ޖެނުއަރީ 1974 ގައި
 
ބައިނަލްއަގުއާމީ މައިދާނުގައި ދެގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާވެގެންދާނެ
 
އޮސްޓްރޭލިޔާއިން މިހާރު ރާއްޖެއަށް ކަނޑައަޅާފައި ހުންނަނީ ނޮން ރެޒިޑެންޓް ސަފީރެއް

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވުމަށް ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ މިނިންމުމަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހި ވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ހުޅުވުމާ ގުޅޭގޮތުން ނެރުނު ބަޔާނުގައިވަނީ މިބަދަލާއެކު މިހާރަށްވުރެ ބޮޑަށް އެކިދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެކަން ފާހަގަކޮށްފައެވެ. ބައިނަލްއަގުއާމީ މައިދާނުގައި ދެގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާވެގެންދާނެކަމަށާއި، ޓެރަރިޒަމާއި ކަނޑުފޭރުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށްވެސް ގުޅިގެން މަސައްކަތް ކުރެވޭނެކަމަށެވެ. ރާއްޖެއަށް ވިޔަފާރީގެ ދާއިރާއިންނާއި، އުމްރާނީ ތަރައްގީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަންދޭ ކަމަށްވެސް ބަޔާނުގައި އޮސްތްރޭލިޔާ ސަރުކާރުން ބުނެފައިވެއެވެ.

އޮސްޓްރޭލިޔާއިން މިހާރު ރާއްޖެއަށް ކަނޑައަޅާފައި ހުންނަނީ ނޮން ރެޒިޑެންޓް ސަފީރެކެވެ. އެސަފީރު ހުންނަވަނީ ސްރީލަންކާގައެވެ.

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 25 ޖެނުއަރީ 1974 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް