ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 18:58
ސެލެބްރިޓީ ރޭސް ސީޒަން 2
ސެލެބްރިޓީ ރޭސް ސީޒަން 2
ރާއްޖެއެމްވީ
ސެލެބްރިޓީ ރޭސް
ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
ޖުމުލަ 11 ފަންނާނުން ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަންގައި ބައިވެރިވޭ
މިފަހަރުގެ ޝޯގައި މޮޑެލިންގ ދާއިރާއިން މަޝްހޫރު ފަރާތްތަކާއި، ޓީވީ ޝޯވް ހުށައަޅައިދޭ ފަރާތްތައްވެސް ބައިވެރިވެއެވެ.
ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަންގެ އިސް ހޯސްޓް އަކީ ވެސް ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އެވެ

ސެލެބްރިޓީ ރޭހަކީ ރާއްޖެޓީވީން މިދިޔަ އަހަރުގެ ރޯދަ މަހު ގެނެސްދީފައިވާ ރިއަލިޓީ ޝޯވއަކަށްވާއިރު ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަންގެ ބައިވެރިން ދައްކާލައިފިއެވެ.

ޖުމުލަ 11 ފަންނާނުންނާއެކު މި އަހަރު ކުރިއަށްގެންދާ މި ރިއަލިޓީ ޝޯވް އަކީ މިދިޔަ އަހަރު ގެނެސްދިން ޝޯވ އަށްވުރެ ފެންވަރު ރަނގަޅުކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޝޯވް އެކެވެ. މިއަހަރުވެސް މި ޝޯވް ދެއްކުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުން ފެށިގެންނެވެ.

މިއަހަރުގެ ޝޯވް ގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިންގެ އިތުރުން، މޮޑެލިންގ ދާއިރާއިން މަޝްހޫރު ފަރާތްތަކާއި، ޓީވީ ޝޯވް ހުށައަޅައިދޭ ފަރާތްތައްވެސް ބައިވެރިވެއެވެ. އެގޮތުން ރިޝްމީ، އައްޒަ، ފުބޫ، ރޯމަން، ދޮނާ، އިފްނާޒް އަދި ފަރީލާގެ އިތުރުން، މޮޑެލިންގ ދާއިރާގައި ޙަރަކާތްތެރިވާ ނޫރު އަދި ޓީވީ ޝޯވް ހުށައެޅުންތެރިންގެ ތެރެއިން ޝަބާ އަދި ސުހާ އާއި، ކޮރިއޯގްރަފީގެ ދާއިރާއިން މަޤްބޫލު ރިޗާރޑު މިފަހަރުގެ ސީޒަންގައި ފެނިގެންދާނެއެވެ.

ރިޝްމީ އާއި އައްޒަ އަކީ ނެށުމުގެ ފަރި ހަރަކާތްތަކުގެ ތެރޭން މަޝްހޫރުވެފައިވާ ދެ ފަންނާނުންނަށްވާއިރު ފުބޫ މަޝްހޫރް ވީ އޭނާގެ މަޖާ އެކްޓިން ގެ ސަބަބުންނެވެ.ރޯމަން އަކީ ޓިކްޓޮކުން އޭނާގެ ހުނަރުތައް އާންމުންނާއި ހަމައަށް ދައްކާލި ފަންނާނެކެވެ. މީގެ އިތުރުން ދޮނާ އަކީ ވެސް އާންމުންގެ މެދުގައި މަޤްބޫލު ފަންނާނަކަށްވާއިރު ޝަބާ، ސުހާ، އިންފާޒް އަދި ރިޗާރޑަކީ ވެސް އާންމުންގެ މަޤްބޫލުކަން ހޯދަމުން އަންނަ ފަންނާނުންނެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ރާއްޖެޓީވީން އުފައްދާ ރިއަލިޓީ ޝޯވް ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2 ގެ މެއިން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އަދި ރާއްޖޭގެ މަޤްބޫލު ޕްރެޒެންޓަރެއް ކަމަށްވާ އާމިރު ސަލީމެވެ. އަދި ކޯ ހޯސްޓެއްގެ ގޮތުގައި އެމްއެންޑީއެފްގެ ބޭކަނބަލެއްކަމަށްވާ ހައްވާ ނަޖްލާ ފެނިގެންދާނެއެވެ.

ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯވ އެވެ. މި ޝޯވް ގެ ފުރަތަމަ ސީޒަން ކުރިއަށް ގެންދިޔައީ ދ. އަތޮޅުގެ 11 ފަޅު ރަށެއްގައެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ޝޯވ ގެ ފުރަތަމަ ސީޒަންވެސް ފޭސްބުކް މެދުވެރިކޮށް 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

- ކޮމެންޓް
12 ފެބްރުއަރީ 2022 | ހޮނިހިރު 10:12
ކޮއްކޮ
ހައްވާ ނަޖުލާތަ ކިޔަނީ؟ އަދި މި އެނގުނީ