ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 07:02
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެ
 
ބުރާސްފަތި ދުވަހުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން 155،917 މީހަކު ވަނީ ޕޮޒިޓިވްވެފައި

އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން 155،917 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 1406 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ބުރާސްފަތި ދުވަހު 1406 މީހުން ޕޮޒިޓިވްވިއިރު، ބުދަ ދުވަހު 1096 މީހުން, އަދި އަންގާރަ ދުވަހު 1502 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ.

މި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން ނެގި 1767 ސާމްޕަލާއެކު ޖުމްލަ 4781 ސާމްޕަލް ވަނީ ނަގާފައެވެ. މީގެ ތެރެއިން 1406 މީހުން ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 307 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 891 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 69 މީހުންނެވެ. މިމީހުންގެ އިތުރުން މި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 139 މީހުން ޕޮޒިޓިވްވީ ކޮން ތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު 1292 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ޖުމްލަ 139،409 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 16208 އަށް ދަށްވެފައިވާއިރު، މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަނީ 58 މީހުންނަށެވެ.

މިހާތަނަށް ޖުމްލަ 287 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ. މި މަހުގެ މިހާތަނަށް 11 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ. އަދި ނިމިގެންދިޔަ ޖެނުއަރީ މަހު އެކަނި ވެސް 15 މީހުން ނިޔާވެގެން ރިޕޯޓް ކުރިއެވެ.

މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 18 އިންސައްތައިގައެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް