Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 22:45
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން
އެމްޑީޕީ
އެމްޑީޕީގެ ގައުމީ މަޖިލިސް
އެމްޑީޕީގެ ކޮންގްރެސް އޮގަސްޓުގައި ބޭއްވުމަށް ނިންމައިފި
ޕާލިމަންޓްރީ ގްރޫޕްގެ އިންތިޚާބަށް 10 ފެބްރުއަރީ 2022 ވަނަ ދުވަހު ހުޅުވާލައި، 18 ފެބްރުއަރީ 2022ގައި އެއިންތިޚާބު ބޭއްވުމަށް ނިންމި
ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލު ގެނެއުމުގައި ގޮތެއް ނިންމުމަށް 4 އޮގަސްޓް 2022ގައި ކޮންގްރެސް ބޭއްވުމަށް ނިންމި

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

މި ގޮތަށް ނިންމީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ 4ވަނަ ދައުރުގެ 2ވަނަ ޖަލްސާގައެވެ. ޕާޓީގެ އެތެރޭގެ ބައެއް މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުތައް ބާއްވާނެ ތާރީޚެއް ހަމަޖެއްސުމަށް އެޖެންޑާ ކުރެވިގެން ކުރިއަށްގެންދިޔަ މި ޖަލްސާއަށް އިތުރު އިސްލާހެއްގެ ގޮތުން މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ހުށަހެޅުއްވީ, ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް އެމްޑީޕީގެ ކޮންގްރެސްއެއް އޮގަސްޓް މަހު ބޭއްވުމަށެވެ. މި އިސްލާހަށް ތާއީދު ކުރެއްވީ، ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލެވެ.

ޗެއަރޕަރސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހުގެ އިންތިޚާބާއި، ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު، 12 ފެބްރުއަރީ 2022ގައި ހުޅުވާލުމަށާއި އަދި އެމަގާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަށް, 7 ދުވަސް, ކުރިމަތި ލެއްވުމަށް ފުރުސަތު ދިނުމަށާއި އަދި 16 އެޕްރީލް ވާ ހޮނިހިރު ދުވަހު މި ތިން އިންތިޚާބު ބާއްވުމަށް ސިފާ ހުށަހެޅުއްވިއެވެ.

Advertisement

އަދި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލު ގެނައުމުގައި ގޮތެއް ނިންމުމަށް 4 އޮގަސްޓް 2022ގައި ކޮންގްރެސް ބޭއްވުމަށާއި, އަދި މީގެ އިތުރުން ޕާލިމަންޓްރީ ގްރޫޕްގެ އިންތިޚާބަށް 10 ފެބްރުއަރީ 2022 ވަނަ ދުވަހު ހުޅުވާލައި، 18 ފެބްރުއަރީ 2022ގައި އެއިންތިޚާބު ބޭއްވުމަށްވަނީ ހުށަހަޅާފައެވެ. 

އިސްލާހު ހުށަހެޅުއްވި ގޮތަށް ގައުމީ މަޖިލީހުންވަނީ ފާސްކޮށްފައެވެ.

މި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތައް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވަނީ ތަފްސީލް ކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް