Advertisement
ހ.އ ދިއްދޫ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 22:07
ކާށިދޫ
ކާށިދޫ
ސޯޝަލް މީޑިއާ
ކާށިދޫގެ ޗަސްބިން ހަލާކުކުރުމުގެ މައްސަލަ
ކާށިދޫގައި ހިމާޔަތްކޮށްފައިވާ ޗަސްބިން ހަލާކުކުރަމުންދާތީ، އެކަން ހުއްޓާލުމަށް އެރަށު ކައުންސިލުން އަންގައިފި
ޗަސްބިން ސަރަހައްދުގައި ފެންސެއް ޖަހައި، އެ ސަރަހައްދު ވަކިކުރުމުގެ މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުން
ތިމާވެއްޓާބެހޭ ވުޒާރާއިން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް

ކ. ކާށިދޫގައި ހިމާޔަތް ކޮށްފައިވާ އެރަށު ޗަސްބިން ސަރަހައްދު ހަލާކުކުރަމުންދާތީ، އެކަން ވަގުތުން ހުއްޓާލުމަށް އެރަށު ކައުންސިލުން އަންގައިފިއެވެ.

ކާށިދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި, ދަނޑުވެރިކަމަށް ބޭނުންކުރުމަށް ބައެއް ފަރާތްތަކުން ޗަސްބިން ސަރަހައްދުގައި ހެދިފައިވާ ކަށިކެޔޮގަސްތައް ކަނޑައި, އެތަން ދަނީ ހަލާކުކުރަމުންނެވެ. އެހެންކަމުން އެންވަޔަރަމަންޓް ޕުރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެ ކައުންސިލަށް އަންގާފައިވާ ގޮތުގެމަތިން, ހިމާޔަތްކޮށްފައިވާ ޗަސްބިން ސަރަހައްދުގައި މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކުގެ ޢަމަލުތައް ތަހުގީގުކޮށް, ގާނޫނުން ލިބިދޭ ފުރިހަމަ ބާރުގެ ބޭނުންހިފައި، އެފަރާތްތައް މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ މަސައްކަތް އީޕީއޭއާ ގުޅިގެން ކުރިއަށްގެންދާނެކަމަށެވެ. އަދި މިފަދަ އަމަލުތައް ކުރާ މީހުން 501 ރުފިޔާއާއި 500000ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

ކާށިދޫގެ ޗަސްބިން ސަރަހައްދަކީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުން ބާރުލިބިގެން ތިމާވެއްޓާ ބެހޭ ވުޒާރާއިން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އެހެންކަމުން ގުދުރަތީ މާހައުލު އިތުރަށް ހިމާޔަތްކުރުމުގެ މަގުސަދުގައި, ކާށިދޫ ކައުންސިލުން އެ ސަރަހައްދުގައި ފެންސެއްޖަހައި އެ ސަރަހައްދު ވަކިކުރުމުގެ މަސައްކަތްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

Advertisement

ކައުންސިލުން މައުލޫމާތުދިން ގޮތުގައި, ހިމާޔަތް ކޮށްފައިވާ އެ ސަރަހައްދުގައި ހުރި ގަސްތަކަށް ގެއްލުންދީ ދަނޑުހެއްދުމުގެ ގޮތުން ގަސްއިންދާފައި ވީނަމަވެސް، ދަނޑުބިންތައް ރަޖިސްޓްރީ ކުރުމުގައި ޖެހޭ ބައުންޑަރީގެ އެތެރެއިން ދަނޑުބިންތައް ރަޖިސްޓްރީކޮށް ނުދޭނެކަމަށާއި މިސަރަހައްދުގައި އިންދައި, ގަހުގެ ބަދަލު ނުދެވޭނެއެވެ.

ކާށިދޫ ޗަސްބިން ސަރަހައްދަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަންޒު ކަހަނބު އެންމެ ގިނައިން ފެންނަ ސަރަހައްދެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް