ކ. މާލެ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 17:30
ކްރިމިނަލް ކޯޓް- ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ، މި މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައި
ކްރިމިނަލް ކޯޓް- ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ، މި މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އާރަށު ޚިޔާނާތުގެ މައްސަލަ
އާރަށު ޚިޔާނާތް: ކޯޓުގައި ވަސީލަތް ނެތްނަމަ، އަމިއްލަ ބަޔަކާ ހަވާލުކޮށްގެންވެސް ލައިވްކޮށްދޭން އެދިއްޖެ
ޝަރީއަތް ލައިވް ނުކުރެވެނީ މިވަގުތު ކޯޓުގެ އިދާރީ އިންތިޒާމުތައް ހުރި ގޮތުން
ކޯޓުގައި އައިޓީ އޮފިސަރެއް ނެތި 4 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައި
ދައުލަތުގެ ސްޓޭންޑަކީ ކޮރަޕްޝަންގެ ހުރިހާ މައްސަަލައެއްވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އަނެއްކާވެސް ޝަރީއަތުގައި އެދިއްޖެއެވެ.

މި މައްސަަލައާ ގުޅިގެން ދައުވާ އުފުލާފައިވަނީ ރައީސް ޔާމީނާއި، ވ. ފެލިދޫ ހަނދުވަރީގެ, ޔޫސުފް ނައީމުގެ މައްޗަށެވެ. މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، 13 ޖެނުއަރީ 2022ގައި ބޭއްވިއަޑުއެހުމުގައިޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް، އެކަމަށް ގޮތެއް ނިންމަވައި 27 ޖެނުއަރީގައި ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ, ޝަރީއަތް ލައިވް ނުކުރެވެނީ މިވަގުތު ކޯޓުގެ އިދާރީ އިންތިޒާމުތައް ހުރި ގޮތުން އެކަމުގައި ދަތިތަކެއް ހުރުމުންކަމަށް ވިދާޅުވެފައެވެ.

އެކަމާގުޅިގެން ރާއްޖެއެމްވީން މައުލޫމާތު ސާފުކޮށްލުމުން އެނގިފައިވާ ގޮތުގައި, ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ލައިވް ނުކުރެވެނީ އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ނެތުމުންކަން ވަނީ އެނގިފައެވެ. އެގޮތުން ކޯޓުގައި އައިޓީ އޮފިސަރެއް ނެތި 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

އެކަމާގުޅޭގޮތުން ބުރާސްފަތި ދުވަހުގެއަޑުއެހުމުގައިވެސްމަޝްވަރާ ކުރެވިފައިވެއެވެ. އެގޮތުން ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ, ރައީސް ޔާމީނުގެ ހައްގުތައް ދިފާއު ކުރުމަށްޓަކައިވެސް ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ގެންދަންޖެހޭކަން ފާހަގަކުރައްވާފައެވެ. މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނުވެސް ވަނީ, ޝަރީއަތާގުޅޭގޮތުން އެކި ފަރާތްތަކުން އިންޒާރުތައް ދެމުންދާކަން ފާހަގަ ކުރައްވައި، އެމަނިކުފާނަށް އޮތް ރައްކާތެރިކަމަކީ ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުންކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ކޯޓުގެ ވަސީލަތްތައް ހަމަވުމުން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ވަސީލަތްތަކާ ބެހޭގޮތުން ދެއްކެވި ވާހަކަތައް އަޑުއަހައިފިން. ދައުލަތުގެ އެކި ފަރާތްތަކުން މި މައްސަލައިގަ އިންޒާރުތައް ދެމުންގެންދާއިރު އަޅުގަނޑަށް އޮތް ރައްކަލަކީ ވީހާވެސް ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ދިއުން.
ކުރީގެ ރައީސް އަބްދުﷲ ޔާމީނު

މި އަޑުއެހުމުގައި ދައުލަތުންވެސް ވަނީ ދިފާއުން އެދޭގޮތަށް ޝަރީއަތް ލައިވް ކުރުމަކީ ދައުލަތުގެވެސް އެދުން ފާހަގަ ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ސްޓޭންޑަކީ ކޮރަޕްޝަންގެ ހުރިހާ މައްސަަލައެއްވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުންކަމަށް ދައުލަތުން ބުނާ ބުނުން މި އަޑުއެހުމުގައިވެސް ވަނީ ތަކުރާރުކޮށްފައެވެ.

އޭގެ އިތުރުން، ކޯޓުގައި ވަސީލަތް ނެތްނަމަ ރައީސް ޔާމީނުގެ މައްޗަށް މީގެ ކުރިން ކުރިއަށްދިޔަ ޝަރީއަތުގައި އަމަލުކުރިގޮތަށް، އަމިއްލަ ބަޔަކާ ނުވަތަ މީޑިއާއަކާ ހަވާލުކޮށްގެން ޝަރީއަތް ލައިވްކޮށް ބްރޮޑްކާސްޓް ކުރެވޭގޮތް ހަމަޖައްސައިދިނުމަށް ދިފާއީ ވަކީލުންގެ އިތުރުން ދައުލަތުގެ ވަކީލުންވެސް އެދިލެއްވިއެވެ.

އެ މައުޟޫއަށް ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ކޯޓުގެ ވަސީލަތްތައް މިވަގުތު ހުރި ގޮތުން ޝަރީއަތްތައް ލައިވް ކޮށްގެން ކުރިއަށް ގެންދެވެން ނެތް ނަމަވެސް، އެއީ އަޑުއެހުންތައް މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އަމިއްލަ ބަޔަކާ ހަވާލުކޮށްގެން އެ ކަން ކުރިއަށް ގެންދިއުމާމެދު ކޯޓުގެ ގާޒީންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވިދާނެކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ.

- ކޮމެންޓް