ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 20:13
ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން
ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގުގެ އައު ފޯމެޓަށް ތާއިދު އޮތްތޯ ބަލަނީ
ފޯމެޓަށް އަދިވެސް ގިނަ ބަދަލުތަކެއް އައުން އެކަށީގެންވޭ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގައި "ފައިނަލް ފޯމެޓް" ގެ ނަމުގައި ކުޅެން ޔޫރަޕްގެ ކުލަބްތަކުގެ ތާއިދު އޮތްތޯ ބަލަން ޔޫއެފާއިން މަސައްކަތް ކުރަން ފަށައިފިއެވެ.

ޔުއެފާއިން މިހާރު ޗެމްޕިއަންސް ލީގު ކުޅެމުން އަންނަ ފޯމެޓަށް ބަލާއިރު، ފައިނަލާ ހަމައަށް އޮންނަނީ ހޯމް އެންޑް އަވޭކޮށް މެޗު ކުޅޭ ދެ ލެގު އުސޫލެވެ. އެކަމަކު ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެވެން ނެތުމުން ޔުއެފާ އިން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ސެންޓްރަލައިޒްކޮށް "ފައިނަލް 8" ގެ ނަމުން ނަންދީގެން އެއް ސަރަހައްދެއްގައި ކުއާޓާ ފައިނަލުން ފެށިގެން ބާކީ ހުރިހާ މެޗެއް ކުޅެފައެވެ.

ޗެމްޕިއަންސް ލީގުގެ އައު ފޯމެޓަށް ކުޅެން ފަށާނީ 2024/2025 ވަނަ އަހަރުން ފެށިގެންނެވެ. މީގެ އިތުރުން ފޯމެޓަށް އަދިވެސް ގިނަ ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 2020 ވަނަ އަހަރު ސެންޓްރަލައިޒްކޮށް ކުޅުނުއިރުގެ ތަޖުރިބާ އަށް ބަލާފައި ޔުއެފާ އިން އަންނަނީ އަލުން ޗެމްޕިއަންސް ލީގުގެ ފޯމެޓް އެކުލަވާލާއިރު، "ފައިނަލް ފޯ ފޯމެޓް" ގެ ނަމުން ނަންދީ ސެމީން ފެށިގެން ސެންޓްރަލައިޒްކޮށް ކުޅެން ކްލަބްތަކުގެ ތާއީދު އޮތްތޯ ބަލަމުންނެވެ.

މީގެ ކުރިން ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފަރިން ވިދާޅުވީ ޗެމްޕިއަންސް ލީގުގެ އައު ފޯމެޓް ވެގެންދާނީ ގިނަ ބަޔަކު ޝައުގުވެރިވާނެ ފޯމެޓެއް ކަމުގައެވެ.

ޗެމްޕިއަންސް ލީގު ސެންޓްރަލައިޒްކޮށް ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް 2020 ވަނަ އަހަރު ކުޅުނީ ޕޯޗުގަލްގެ ލިޒްބަންގައެވެ. އެ ފަަހަރު ޕީއެސްޖީ ބަލިކޮށް ތަށި އުފުލާލީ ބަޔާން މިއުނިިކުންނެވެ. އެ ފަހަރު ޔުއެފާ އިން ކޮންމެ ޓީމަކަށް މާލީ އެހީތެރިކަން ލިބޭ ޕެކޭޖެއް ހަމަޖައްސައިދިނެވެ.

- ކޮމެންޓް