ކ. މާލެ
|
8 ފެބްރުއަރީ 2022 | އަންގާރަ 22:49
ކޮވިޑަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރަނީ
ކޮވިޑަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19ގެ އަޕްޑޭޓް
ކޮވިޑް-19ށް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 351 މީހުން
16،368 އެކްޓިވް ކޭސް ހިމެނޭ
62 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުން
136،749 މީހުން ބަލިން ރަނގަޅުވެފައިވޭ

ކޮވިޑް-19ށް އިތުރު 1502 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް 4972 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 1756 ސާމްޕަލް ނަގާފައިވަނީ މާލެ ސަރަހައްދުންނެވެ.

އެޗްޕީއޭއިން ބުނީ މި ސާމްޕަލްތަކުގެ ތެރެއިން އިތުރު 1502 ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 351 މީހުންނާއި، އަތޮޅުތެރެއިން 817 މީހުންނާއި, ހިންގަމުންދާ ރިސޯޓުތަކުން 63 މީހުންނާއި، ސަފާރީތަކުން 2 މީހުންނެވެ. އަދި 169 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުންކަން ދެނެގަނެވިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

16،368 އެކްޓިވް ކޭސް ހިމެނޭއިރު، 62 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 153،415 ޕޮޒިޓިވްވެފައިވާ ކަމަށާއި، 136،749 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިބަލީގައި 285 މީހަކު ވަނީ ނިޔާވެފައެވެ.

މާލެސިޓީގެ ޕޮޒިޓިވްވިޓީ ރޭޓް ހުރީ 20 އިންސައްތާގައެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވެ, ޖެނުއަރީ މަހުގެ މެދުތެރެއިން ކޮވިޑްގެ ކޭސްތައް 2000ށް ވުރެ އިތުރުވި އެވެ. ނަމަވެސް މިހާރު ސާމްޕަލް ނެގުން މަދުވެ، މިއަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. މީގެ އިތުރުން އަތޮޅުތެރެއިން ފެންނަ ކޭސްތައް އިތުރުވެ، މިވަގުތު 40 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

- ކޮމެންޓް