ކ. މާލެ
|
8 ފެބްރުއަރީ 2022 | އަންގާރަ 21:54
މަރާލާފައިވާ ދޫނިތައް
މަރާލާފައިވާ ދޫނިތައް
ސޯޝަލްމީޑިއާ
ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލުން
ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ލިބިފައިނުވާ ގިނަ ދޫނިތަކެއް މަރާލައިފި
120 ދޫނި މަރާލީ އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން
އޭގެ އަގު 800،000 ރުފިޔާއަށް އަރާ ކަމަށް މައުލޫމާތު ލިބޭ
އަނިޔާވެރި ގޮތެއްގައި ދޫނިތަކެއް މަރާލިކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައި

ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ލިބިފައިނުވާ ގިނަ ދޫނިތަކެއް މަރާލައިފިއެވެ.

މިދޫނިތައް މަރާލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޫނިތައް މަރާލީ އިންޖެކްޝަން ޖަހައިގެންނެވެ. އެއީ 120 ދޫނި ކަމަށާއި، އޭގެ އަގު 800،000 ރުފިޔާއަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދޫނިތަކަކީ, އެތެރެކުރުން ހުއްދަނޫންއިރު ރާއްޖެއަށް އެތެރެ ކުރަން އުޅުމުގެ ތެރޭގައި ހިފަހައްޓާފައިވާ ދޫނިތަކެއް ކަމަށެވެ. އަދި އެދޫނިތައް ހިފަހައްޓާފައި ހުންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާނެ ކަމަށާއި، އެ މަރާލާފައިވަނީ އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށެވެ.

އަނިޔާވެރި ގޮތެއްގައި ދޫނިތަކެއް މަރާލީ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން ފިޝަރީޒް މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

ދޫނިތަައް މަރާލުމާ ގުޅިގެން ރާއްޖެއެމްވީއަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ, މިމައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެ ކުރާ ދޫނިތައް މަރާލުމަކީ އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލު ކަމަށާއި، ނަމަވެސް އެނޫން ގޮތެއް މިކަމުގައި ހޯދަން ޖެހޭ ކަމަށެވެ. އެހެންކަމުން މަރާނުލައި ކަންކަން ކުރާނެ ގޮތެއް ނިންމައި ގާނޫނާއި ގަވާއިދު ބަދަލުކުރަން ޖެހޭ ކަމަށް ނައީމް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރާލި ދޫނިތައް ރާއްޖެއަށް އެތެރެކުރިއިރު ހުއްދަ ލިބިފައިނުވި ނަމަވެސް ގަވާއިދަށް ފަހުން ގެނެސްފައިވާ އިސްލާހާއެކު އެދޫނިތައް ރާއްޖެއަށް އެތެރެ ކުރެވެއެވެ.

- ކޮމެންޓް
9 ފެބްރުއަރީ 2022 | ބުދަ 03:02
އަންނައުނު
ކަސްޓަމްސް އެކްޓް: 2012/ރ-4 .ގަވާއިދާ ޚިލާފަށް ގެންނަ ތަކެތި އަނބުރާ ފޮނުވާލުމަށް 03 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އެމުއްދަތުގެ ތެރޭގައި އެ ތަކެތި ރާއްޖެއިން ބޭރަށް ނުގެންގޮސްފިނަމަ ނުވަތަ ވެރިފަރާތުން އެތަކެތި ރާއްޖެއިން ބޭރަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެފިނަމަ، އެތަކެތި ނައްތާލެވޭނެއެވެ.