Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2022 | އާދީއްތަ 07:30
އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ރާއްޖެއެމްވީ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން
ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރަންޖެހޭ: އެމްއެންޕީ
އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް އެމްއެންޕީން ކުރަން ވަނީ ނިންމާފައި
ޑިމޮކްރަސީގެ ތެރެއިން ރައްޔިތުން އެދޭ ތަރައްޤީ އަދިވެސް ނާދޭ

އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އިންތިޚާބުތަކާއި ގުޅޭ ޤާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭކަން ހާމަވެގެންގޮސްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ އިއުލާނުކުރުމާއެކު އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް މަރުހަބާ ދަންނަވާ އެމްއެންޕީން ބުނީ، މި އިންތިޚާބުން ހާމަވެގެންދިޔަ އެއްކަމަކީ ދިވެހިރާއްޖޭގައި ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އިންތިޚާބުތަކާއި ގުޅޭ ޤާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭކަން ކަމަށެވެ.

އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެޕާޓީން ކުރަމުންގެންދާނެކަމަށް އެމްއެންޕީން ބުނެފައިވެއެވެ.

Advertisement

ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއެއްގެ ތެރެއިން ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވަމުންދާތާ 15 އަހަރު ވެފައިވާއިރުވެސް ދިވެހިރައްޔިތުން އެދޭ ތަރައްޤީ އާއި ފުދުންތެރިކަން އައިސްފައިނުވާކަމަށް އެމްއެންޕީން ބުނެފައިވެއެވެ. އެހެންކަމުން ފުދުންތެރި ރައްޔިތެއް އުފެއްދުމަށާއި ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް އެމްއެންޕީން އުފެއްދުމާއެކު ދިވެހިންނަށް އުންމީދު ލިބިފައިވާކަމަށް އެމްއެންޕީން ބުނެފައިވެއެވެ.

މީގެއިތުރުން ޕާޓީ އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ދޮށީ ޕާޓީތައް ބައިވެރިވާ އިންތިޚާބެއްގައި ބިރެއްނެތި ބައިވެރިވެ ހިއްވަރާއެކީ މަސައްކަތްކުރުމަކީ ޕާޓީގެ ކުރިމަގު އުޖާލާކަން އަންގައިދޭ ކަމެއް ކަމަށް އެމްއެންޕީން ބުނެފައިވެއެވެ. އަދި އެމްއެންޕީން އަބަދުވެސް މަސައްކަތްކުރާނީ ފުދުންތެރި ރައްޔިތެއް ބިނާކޮށް، ކޮންމެ ރައްޔިތަކަށްވެސް ގައުމަށް ޚިދުމަތްކުރުމަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށް އެމްއެންޕީން ބުނެފައިވެއެވެ.

ހޮނިހިރު ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނުކުރި ހިސާބުން އިންތިޚާބަށް ނުފޫޒުފޯރުވާފައިވާކަމަށް އެކި ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ހަސަން ލަތީފު ވިދާޅުވީ ރާއްޖޭގައި ފައްކާވަމުން އަންނަނީ ޑިމޮކްރަޓިކް ނިޒާމެއްކަމަށާއި، މިނިޒާމުގައި މިނިވަން މުއައްސަސާތައް ހުރިއިރު އިލެކްޝަން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްކަމަށެވެ. ތުހުމަތުތަކެއް ހުރިނަމަ އެކަންކަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
6 ފެބްރުއަރީ 2022 | އާދީއްތަ 10:58
ޏ
ދެ ބާޣީން ކައިރީ އިންނަން ލަދުނުގަނޭބާ. އިރާދަ ކުރެއްވިއްޔާ ނާޒިމް އަދި ރިޔާޒްގެ ބަޣާވާތްކުރި މައްސަލަ ބަލާ ހުކުމް ކުރެވޭނެ.