ހދ. ކުޅުދުއްފުށި ސިޓީ
|
5 ފެބްރުއަރީ 2022 | ހޮނިހިރު 21:32
ޅ. ނައިފަރު
ޅ. ނައިފަރު
ފޭސްބުކް
ނައިފަރު ހައުސިން މަޝްރޫއު
ނައިފަރުގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި
އާއްމުކޮށްފައިވާ ލިސްޓްގައި، ހައުސިންގ ޔުނިޓްއަށް އެދުނު ފަރާތްތަކުގެ ތެރެއިން 741 މީހުންގެ ޝަރުތު ހަމަވާކަމަށް ވަނީ ބަޔާން ކޮށްފައި
ނައިފަރުގެ މި ހައުސިން މަޝްރޫއަކީ 72.3 މިލިއަން ރުފިޔާގެ މަޝްރޫއެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

ނައިފަރު ކައުންސިލުން އާއްމު ކޮށްފައިވާ ލިސްޓްގައި ހައުސިންގ ޔުނިޓްއަށް އެދުނު ފަރާތްތަކުގެ ތެރެއިން 741 މީހުންގެ ޝަރުތު ހަމަވާކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި 17 މީހުންނަށް ގޯތި ލިބިފައި ނުވާއިރު 8 ފަރާތެއްގެ ފޯމް ވަނީ ބާތިލް ކޮށްފައެވެ. ފޯމް ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވަނީ 91 ޕަސެންޓަށެވެ.

އެގޮތުން އެ ލިސްޓްގައި އެ ހުރިހާ މީހުންގެ ނަމާއި އެޑްރެހާއި އައިޑީކާޑްގެ މައުލޫމާތާއި އެފަރާތަކަށް ލިބިފައިވާ ޖުމްލަ ޕޮއިންޓްގެ އިތުރުން އެފަރާތްތަކާ ގުޅޭ އެހެނިހެން މައުލޫމާތުތައް ވެސް ވަނީ ހިމަނަފާއެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓުގެ އިމާރާތް އެޅުމުގެ މަސައްކަތް އާރްސީސީއާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މަސައްކަތް އާރްސީސީއާ ހަވާލުކުރީ 72.3 މިލިއަން ރުފިޔާ އަށެވެ. އެއީ 330 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

- ކޮމެންޓް