ކ. މާލެ
|
4 ފެބްރުއަރީ 2022 | ހުކުރު 19:10
ގދ. ތިނަދޫ
ގދ. ތިނަދޫ
ރާއްޖެއެމްވީ
އަތޮޅުތަކުގައި ކުރިޔަށްގެންދާ ހައުސިންގ މަޝްރޫޢު
އަތޮޅުތަކަށް ޚާއްސަ 1.5 ބިލިއަން ރުފިޔާގެ ހައުސިންގެ މަޝްރޫޢު ކުރިޔަށްގެންދަން ކައުންސިލްތަކާއި މަޝްވަރާ ކުރަން ފަށައިފި
ކައުންސިލްތަކާއި މަޝްވަރާކުރަމުންދަނީ ތަންތަން އަޅާނެ ބިން ކަނޑައެޅުމަށް
ވަރަށް އަވަހަށް މިމަޝްރޫޢު ޓެންޑަރިންގ އަށް ހުޅުވާލާނެ

ރަށްރަށުގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން މުޅި ރާއްޖޭގައި ކުރިޔަށްގެންދާ 1.5 ބިލިއަން ހައުސިންގ މަޝްރޫޢުގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގެއަޅާނެ ރަށްތައް ކަނޑައެޅުމުގެ ގޮތުން ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރުން ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނާއި ގުޅޭގޮތުން ރާއްޖެޓީވީން ގެނެސްދިން ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކާއި މަޝްވަރާކުރަމުންދަނީ ތަންތަން އަޅާނެ ބިން ކަނޑައެޅުމާއި އަޅާނީ ގެތޯ ރޯހައުސްތޯ ނުވަތަ ފްލެޓްތޯ ކަނޑައެޅުމަށް ކަމަށެވެ. ގިނަ ރަށްރަށުގައި މިހާރު އެކަންކަން ފައިނަލްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަރަށް އަވަހަށް މިމަޝްރޫޢު ޓެންޑަރިންގ އަށް ހުޅުވާލާނެކަމަށެވެ. އަދި މިމަޝްރޫޢުގެ އެޅޭނެ ހައުސިންގ ޔުނިޓްތައް އޭރުން ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިއަހަރު ބަޖެޓްގެ ތެރެއިން ލާފައި އެބަ ކުރިޔަށްގެންދަން 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫޢެއް މުޅި ރާއްޖޭގެ އެކި ތަންތަންނުގައި. ޓެންޑަރ އިން އަދި އަގުތަކެއް ނުލިބޭ. ޓެންޑަރ އިން ސަބްމިޓް ކުރީމާ އިނގޭނެ މަދުވެގެން 1500 ހައުސިން ޔުނިޓް އެޅޭނެކަށް ބެލެވެނީ.
މުހައްމަދު އަސްލަމް/ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އަދި ގެދޮރުވެރިޔާ ލޯންގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

ގެދޮރުވެރިޔާ ލޯނާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ލޯން ދޫކުރަން ފެށިތާ ކައިރީގައި މިކަމަށް ލިބުނު ތަރުޚީބު ކުޑަނަމަވެސް މިހާރު ލިބެމުންދާ ތަރުޚީބު ރަނގަޅުކަމަށެވެ. ގެ ހެދުމުގެ މަސައްކަތް ފެށުމަށްފަހު ނިންމާނުލެވި ތިބި ފަރާތްތަކަށް އެމަސައްކަތް ނިންމާލުމުގެ ފުރުސަތު ގެދޮރުވެރިޔާ ލޯނުން ލިބިގެންދެއެވެ.

ސަރުކާރުން އަންނަނީ މި ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ހައްލެއް ހޯދައިދިނުމަށް އެކި މަޝްރޫޢުތައް ހިންގަމުންނެވެ.

- ކޮމެންޓް