Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2022 | ބުރާސްފަތި 17:47
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑްގައި މީހަކު ނިޔާވުން
ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ޖުމްލަ 280ށް
ނިޔާވީ 72 އަހަރުގެ އަންހެނެއް
ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީން
ނިޔާވީ ބުރާސްފަތި ދުވަހު 2:05ހާއިރު

ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑްގައި 72 އަހަރުގެ އަންހެނެއް ނިޔާވެފައިވާ ކަމަށާއި، ނިޔާވީ ބުރާސްފަތި ދުވަހު 2:05ހާއިރު ކަމަށެވެ. އާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 280ށް އަރާާފައެވެ.

Advertisement

ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ.

މި މަހުގެ މިހާތަނަށް 4 މީހަކު ނިޔާވެގެން ވަނީ ރިޕޯޓްކޮށްފައެެވެ.

އެއީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 74 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާއިރު، ބުދަ ދުވަހު ސްރީލަންކާއަށް ނިސްބަތްވާ 73 އަހަރުގެ ފިރިހެނެއް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނިޔާވެފައިވެއެވެ. އަދި ބުދަ ދުވަހު ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު މެންދުރު 1:37ގައި ނިޔާވެފައިވެއެވެ. އެއީ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް