ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 10:38
ކުރީގެ ރައީސް އަބްދުﷲ ޔާމީން- މީހުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީސް ޔާމީނު ވިދާޅުވި
ކުރީގެ ރައީސް އަބްދުﷲ ޔާމީން- މީހުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީސް ޔާމީނު ވިދާޅުވި
ރާއްޖެއެމްވީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގައި އޮތް އުސޫލުތައް ހިފެހެއްޓޭނީ ރައީސް ޔާމީން ފަދަ ބޭފުޅަކު ގެނެސްގެންކަން ރައްޔިތުން ޤަބޫލު ކުރޭ: ޔާމީން
ޖަލުގައި އޮންނެވިއިރު ރާއްޖޭގައި ކަންކަން ހިނގަމުން ދިޔަ ގޮތުން ހިތްދަތިކަމެއް ލިބިވަޑައިގެންނެވި
ފަހުން ނަމަވެސް، ރައީސް ޔާމީނު ޚިދުމަތްތަކެއް ކޮށްދެއްވިކަން ރައްޔިތުންގެ ފަރާތުން އިހުސާސްކޮށްދިން
އެއުސޫލުތައް އަލުން އިއާދަ ކުރުމަށް ރައީސް ޔާމީނު ފަދަ ބޭފުޅަކު ގެންނަން ޖެހޭކަމަށް ވިދާޅުވި

މި ވެރިކަމުގެ ކުރިން އޮތް އުސޫލުތައް އަނބުރާ ގެނެވޭނީ އެމަނިކުފާނު ފަދަ ބޭފުޅަކު ގެނެސްގެންކަން ރައްޔިތުން ޤަބޫލުކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، ޖަލުގައި އޮންނެވިއިރު ރާއްޖޭގައި ކަންކަން ހިނގަމުން ދިޔަ ގޮތުން ފުރަތަމަ ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ވެރިކަން ބަދަލުވީ ރާއްޖެއަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ކުރެވި، ދައުލަތުގެ ތަނަވަސްކަންވެސް އިތުރުކޮށްގެން ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން ގެންދަނިކޮށް ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އޭރު ކުރިއަށް ދިޔައީ ހަމައެކަނި އިޤްތިސާދީ ގޮތުން ކުރިއަށް ދިޔަ މަޝްރޫއުތަކެއް ނޫން ކަމަށާއި، އިޖުތިމާއީ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް ދިޔަކަން ރައީސް ޔާމީނު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ވެރިކަން "ގެއްލި" އެކަންކަން މަޑުޖެހުމުން ފުރަތަމަ ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.

ޔާމީނު ވިދާޅުވީ، އެ ހިތްދަތިކަމާއެކުވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ. ސަބަބަކީ ފަހުން ނަމަވެސް، އެމަނިކުފާނު ޚިދުމަތްތަކެއް ކޮށްދެއްވިކަން ރައްޔިތުންގެ ފަރާތުން އިހުސާސް ކޮށްދިނުމުންކަމަށެވެ.

ކުރީ ސަރުކާރުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުމުގެ އިތުރުން، އުސޫލުތަކެއްވެސް ޤާއިމު ކޮށްދެވުނުކަމަށް ޔާމީނު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުން އެންމެ ފާރަވެރިވާން ޖެހޭ ކަންކަމުގައި އުސޫލުތަކެއް ހިފެހެއްޓުނުކަން ފާހަގަ ކުރައްވައި ޔާމީނު ވިދާޅުވީ، ދީނީ ކަންކަމުގައި ގެންގުޅުއްވީ ޒީރޯ ޓޮލެރެންސް ކަމަށެވެ. އެހެންނަމަވެސް، އެ އުސޫލުތައް އަލުން އިއާދަ ކުރުމަށް ރައީސް ޔާމީނު ފަދަ ބޭފުޅަކު ގެންނަން ޖެހޭކަމަށް ރައްޔިތުން ޤަބޫލު ކުރާކަމަށް އަމިއްލަފުޅަށް ވިދާޅުވިއެވެ.

ރައްޔިތުންގެ އެ ޝުއޫރުތައް، ތިމަންނަމެން ޖަލަށް ލާފައިވެސް ރައީސް ޔާމީން މިނިވަންކުރާށޭ، ބުނުމުގެ ބޭނުމެއްކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ މިކަހަލަ އުސޫލުތަކެއް ތިމަންނަމެންނަށް ހިފަހައްޓައިދިން، އުސޫލުތަކެއް މި ސަރުކާރުން ފާޅުގައި ހަމަ ގަސްތުގައި މުގުރާލައިފިއޭ، އެގޮތް ތިމަންނަމެން ޤަބޫލެއް ނުކުރަމޭ، އެހެންވީމާ އެކަން ކުރީގައި އޮތް ގޮތަށް އިއާދަ ކުރެވޭނީ ރައީސް ޔާމީން ކަހަލަ މީހަކު އަނެއްކާވެސް ގެނެސް ލީމައޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އަދި މީހުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެގޮތުގެ މަތިން ކުށުގެ ރޭޓްވެސް ދަށް ކުރެވުނުކަމަށް ވިދާޅުވިއެވެ.

ޔާމީނު ވިދާޅުވީ، މި ހުރިހާ ކަމަކީ ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ފޯރުކޮށްދިނުމުގެ ކުރިން ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ކަމަށެވެ.

ރައީސް ޔާމީނު މިހެން ވިދާޅުވި ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގައި ރާއްޖޭގެ ތާރީޚުގައިވެސް ހިނގި ބޮޑެތި މަރުތަކާއި، ގޭންގް މާރާމާރީ ފަދަ ކުށްތައް އިތުރުވަމުން ގޮސްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

- ކޮމެންޓް