ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 06:08
އެމްއެންޔޫ
އެމްއެންޔޫ
އެމްއެންޔޫ
ކޯސްތަކަށް ވަނުމުގެ މުއްދަތު އިތުރުކުރުން
އެމްއެންޔޫ ކޯސްތަކަށް ވަނުމުގެ މުއްދަތު އިތުރުކޮށްފި
ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 6 ފެބުރުއަރީ ވާ އާދީއްތަ ދުވަހުގެ 14:00 

2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އެމްއެންޔޫން އިތުރުކޮށްފިއެވެ.

އެމްއެންޔޫން ބުނީ ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެކަމަށެވެ. ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 6 ފެބުރުވަރީ ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. މި ކޯސްތަކާއި ބެހޭ މަޢުލޫމާތުcourses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށްmnu.edu.mv/apply/ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސްޓޫޑެންޓް ސަރވިސް އިން ލިބެން ހުންނާނެކަމަށް އެމްއެންޔޫން ބުނެއެވެ.

ސެޓްފިކެޓް އެޓެސްޓް ނުކޮށްވެސް އެޕްލިކޭޝަން ބަލައިގަންނާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެކި ދާއިރާތަކުގެ 113 އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

- ކޮމެންޓް