Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 17:49
ފެމިލީ ކޯޓް- ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 9:00ން ފެށިގެން މެންދުރު 11:30ށް
ފެމިލީ ކޯޓް- ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 9:00ން ފެށިގެން މެންދުރު 11:30ށް
އަވަސް
ފެމިލީ ކޯޓު
2.2.2022ގައި 39 ކައިވެނި ކޮށްދޭނެ
ކޯޓުގައާއި ކޯޓުން ބޭރުގައި މިއަހަރުގެ ކޮންމެ ދުވަހެއްގައިވެސް ކައިވެނިކޮށްދޭނެ
ކޯޓުގައި 28 ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައި 11 ކައިވެނި ކުރުމަށް ހަމަޖެހިފައިވޭ
މި އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ވަނީ ނިންމާފައި

2 ފެބްރުއަރީ 2022ގައި 39 ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ބައެއް ފަރާތްތަކުން ކޮށްއުޅޭ ކަމެކެވެ. އެގޮތުން 2.2.2022ގެ ތާރީޚަށް ބަލާއިރު، ފެމިލީ ކޯޓުން 39 ކާވެނި އަގުދުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުން މައުލޫމާތު ދެއެވެ. އެގޮތުން ކޯޓުގައި 28 ކާވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައި 11 ކާވެނި ކުރުމަށް ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

މި އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ނިންމާފައިވާއިރު, ކޯޓުން ބުނެފައިވަނީ، ކޯޓާއި ކޯޓުން ބޭރުގައިވެސް މިއަހަރުގެ ކޮންމެ ދުވަހަކުވެސް ކައިވެނިކޮށްދޭނެ ކަމަށެވެ.

Advertisement

ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 9:00އިން ފެށިގެން މެންދުރު 11:30އަށެވެ. އަދި މެންދުރު 1:00އިން 2:00އަށެވެ. ކޯޓުން ބޭރުގައި ކައިވެނި ކުރާނަމަ ހަވީރު 4:00އިން ފެށިގެން ރޭގަނޑު 9:30އާ ހަމައަށް ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. ކޯޓުން ބުނެފައިވަނީ، ރަމަޟާން މަހު ކައިވެނިކޮށް ދޭނެ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މީގެކުރިން ބައެއް ބަންދު ދުވަސްތަކުގައި ކައިވެނި ކޮށެއް ނުދެއެވެ. އަދި އަހަރުގެ ބައެއް ރީތި ތާރީޚުތަކުގައި ވެސް ކައިވެނިކޮށެއް ނުދެއެވެ. އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށްދޭ ގޮތަށް ހަމަޖެއްސީ މި އަހަރުން ފެށިގެންނެވެ.

ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ކުރީކޮޅު ބައެއް ކައިވެނިތައް ކޮށްދިނީ އޮންލައިންކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް