Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 16:37
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑްގައި މީހަކު ނިޔާވުން
ކޮވިޑްގައި 74 އަހަރުގެ މީހަކު ނިޔާވެއްޖެ
ނިޔާވީ ދިވެހި ފިރިހެނެއް
ފަރުވާ ދެމުންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި
މިމަރާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމުލަ އަދަދު މިވަނީ 277ށް އަރާފައި

ކޮވިޑް-19ގައި އިތުރު މީހަކު ނިޔާވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ އަންގާރަ ދުވަހު ހެނދުނު 6:51ހާއިރު ކަމަށެވެ.

Advertisement

އޭނާ ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. މިމަރާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމުލަ އަދަދު މިވަނީ 277ށް އަރާފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަނީ އަނެއްކާވެސް ގޯސްވާން ފަށާފައެވެ. އެގޮތުން އެކްޓިވް ކޭސްތަކުގެ އަދަދު މަތިވެ، ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވާން ފަށާފައެވެ.

މާލޭގެ ޕޮޒިޓިވްވިޓީ ރޭޓް 38 އިންސައްތާގައި ހުރިއިރު, 63 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އެކްޓިވް ކޭހުގެ އަދަދަކީ 17،770އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް