Advertisement
ކ. މާލެ
|
31 ޖެނުއަރީ 2022 | ހޯމަ 05:51
ކޮވިޑުގައި ނިޔާވާ މީހުން ވަޅުލުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ކޮވިޑުގައި ނިޔާވާ މީހުން ވަޅުލުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑްގައި މީހަކު ނިޔާވުން
ކޮވިޑްގައި އިތުރު މަރެއް، ޖުމްލަ 275 އަށް
ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއް
އޭނާ ނިޔާވެފައިވަނީ އާދިއްތަ ދުވަހު ހެނދުނު 8:05 ހާއިރު
ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ޅ.ނައިފަރު ހޮސްޕިޓްލުން

ކޮވިޑް-19ގައި އިތުރު މީހަކު ނިޔާވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ އާދިއްތަ ދުވަހު ހެނދުނު 8:05 ހާއިރު ކަމަށެވެ.

Advertisement

އެޗްޕީއޭއިން ބުނީ އޭނާ ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ޅ.ނައިފަރު ހޮސްޕިޓްލުން ކަމަށެވެ.

މިމަރާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމުލަ އަދަދު މިވަނީ 275 އަށް އަރާފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަނީ އަނެއްކާވެސް ގޯސްވާން ފަށާފައެވެ. އެގޮތުން އެކްޓިވް ކޭސްތަކުގެ އަދަދު މަތިވެ، ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވާން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް