ކ. މާލެ
|
29 ޖެނުއަރީ 2022 | ހޮނިހިރު 23:14
ޖުމްހޫރީ ޕާޓީގެ ނާއިބުރައީސް އަހުމަދު ސައުދު
ޖުމްހޫރީ ޕާޓީގެ ނާއިބުރައީސް އަހުމަދު ސައުދު
ރާއްޖެއެމްވީ
ޖޭޕީން ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓަށް ތާއީދުކުރުން
ޖޭޕީން ގެންގުޅެނީ ވައުދު ހިފެހެއްޓުމުގެ ސިޔާސަތެއް: ސައުދު
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޖޭޕީން ތާއީދުކުރަނީ އެމްޑީޕީ ކެންޑިޑޭޓަށް
ޚިޔާލުތަފާތުވުންތައް ހުރިނަމަވެސް ޖޭޕީން މިއަދުވެސް މަސައްކަތްކުރަނީ ކޯލިޝަން ދެމެހެއްޓުމަށް

ޖުމްހޫރީ ޕާޓީން ގެންގުޅެނީ, ވާ ވައުދުތައް ހިފަހައްޓައި އެއާ އެއްގޮތަށް އަމަލުކުރުމުގެ ސިޔާސަތެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ނެރުނު ކެންޑިޑޭޓަށް ޖުމްހޫރީ ޕާޓީން ތާއީދުކުރާ ސަބަބުތައް ހާމަކުރައްވައި, ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ, އެމްޑީޕީން ނެރެފައިވާ ކެންޑިޑޭޓަށް ކޯލިޝަންގެ 4 ޕާޓީގެ ތެރެއިން ތިން ޕާޓީން މިހާރު ތާއީދުކުރާކަމަށެވެ. އެހެންކަމުން އެ ކެންޑިޑޭޓަކީ ހަމައެކަނި އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި ޖޭޕީން ނުދެކޭ ކަމަށާއި، ޖޭޕީން ދެކެނީ އެއީ ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ޖޭޕީއަކީ އެއްވެސް އިރެއްގައި ކޯލިޝަންއާ ދެކޮޅަށް މަސައްކަތްކުރި ބައެއް ނޫން ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބޭނުންފުޅުވިގޮތަށް މިކަމުގައި ސަރުކާރަށް އެއްބާރުލުންދިނުމަށް ނިންމީ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން އަބަދުވެސް ބުނަމުންދާ ފަދައިން, ކޯލިޝަން ދަމަހައްޓަން މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމުން އެގޮތަށް ނިންމީކަމަށް ސައުދު ވިދާޅުވިއެވެ.

ޖޭޕީން އެ ދާއިރާއަށް މީހަކު ނެރުނު ނަމަ ޕާޓީއަށް ކުރިއެރުންތަކެއް ލިބިގެންދާނެ. އެކަމަކު އޭގެ ބަދަލުގައި ޕާޓީގެ ލީޑަރު ވިސްނެވީ މި ދަނޑިވަޅަކީ ނާޒުކު ވަގުތެކޭ. ކޮވިޑްގެ ދަތި އުނަދގޫ ވަގުތުގެ ތެރޭގައި މި މަސައްކަތަށްވުރެ ރަނގަޅުވާނީ ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް މަސައްކަތްކޮށްދިނުމޭ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަހުމަދު ސައުދު

2019 ވަނަ އަހަރުގެތެރޭގައި އެމްޑީޕީއާ ޖުމްހޫރީ ޕާޓީއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށް އިޝާރާތްކުރައްވައި ސައުދު ވިދާޅުވީ, އޭރުވެސް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޚިޔާލުތަފާތުވުންތައް ހިނގިޔަ ނުދޭން މަސައްކަތްކުރެއްވި ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާގޮތަށް އެެއްވެސް ކަމެއް ކުރާނަމަ އެއާ ދެކޮޅަށް ބަސް ބުނާނެ ކަމަށާއި، އެހެންނަމަވެސް ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ އޭރު ވީ ވައުދާ އެއްގޮތަށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ކަމަށް ސައުދު ވިދާޅުވިއެވެ.

- ކޮމެންޓް