Advertisement
ކ. މާލެ
|
28 ޖެނުއަރީ 2022 | ހުކުރު 22:20
އިންޑިއާ އައުޓް ކެމްޕެއިނުގައި ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ
އިންޑިއާ އައުޓް ކެމްޕެއިނުގައި ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ
ޓްވިޓަރ
ޕޮލިސީ ރިސަރޗް ގްރޫޕްގެ ދިރާސާ
އިންޑިއާ އައުޓް ކެމްޕެއިނަކީ ކުރީގެ ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެއް ކަމަށް ޕޮލިސީ ރިސާރޗް ގްރޫޕުން ބުނެފި
މީސްމީޑިއާ އަދި ދިޔަރެސް ނޫސް މެދުވެރިކޮށް ރާއްޖެއަށް ޗައިނާ މުހިންމުވާ ސަބަބުތައް ބުނެދެމުން ގެންދޭ
އެމްޑީީޕީން ޗައިނާގެ ނަން ހުތުރު ކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތައްވެސް ކޮށްފައިވޭ
މީޑިއާތަކަށް ޗައިނާއިން ފޯރުވާ ނުފޫޒު ދެނެގަތުމަށް މަސައްކަތް ކުރަންވީ ވަގުތެއް

އިންޑިއާ އައުޓް ކެމްޕެއިނަކީ ކުރީގެ ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ހިންގާ ކެމްޕެއިނެއް ކަމަށް ޕޮލިސީ ރިސާރޗް ގްރޫޕުން ބުނެފިއެވެ.

އެ ގްރޫޕުން އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، އިންޑިއާ އައުޓް ކެމްޕެއިނަކީ ކުރީގެ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ތާއީދު ހޯދުމުގެ ގޮތުން ވަކި މީޑިއާއަކުން، ވަކި ނޫސްވެރިއަކު ހިންގާ ހަރަކާތެއް ކަމަށެވެ. އެގޮތުން ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާންގެ ނަން ވަނީ ފާހަގަކޮށްފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުން ފާހަގަކޮށްފައިވަނީ، މީސްމީޑިއާ އަދި ދިޔަރެސް ނޫސް މެދުވެރިކޮށް ރާއްޖެއަށް ޗައިނާ މުހިންމުވާ ސަބަބުތައް ބުނެދެމުން ދިޔަކަމެެވެ. ދެވަނަ ކަމެއްގެ ގޮތުން ފާހަގަ ކޮށްފައިވަނީ، އިންޑިއާއަށް އަމާޒުކޮށް، އިންޑިއާގެ މިލިޓަރީ ރާއްޖެއިން ބޭރުކުުރުމަށް ކަމަށްބުނެ ބަހުގެ ހަމަލާތައް ދޭން ފެށުމެވެ.

ޕޮލިސީ ރިސާރޗް ގްރޫޕްގެ ލިޔުމުގައި އަޒާން ލިޔެފައިވާ ބައެއް ލިޔުންތަކުގެ ބައިތައް ހިމަނާފައިވެއެވެ. އެ ލިޔުމުގައި ބުނެފައިވަނީ އެންމެ ފުރަތަމަ 2020 މެއިގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ ރާއްޖޭގެ އެމްބެސެޑަރަށް އަމާޒުކޮށް އަޒާން ލިޔުމެއް ޝާއިއުކޮށްފައިވާ ކަމަށެވެ. އެމްބެސެޑަރަށް އަމާޒުކޮށް އެ ލިޔުން އަޒާން ޝާއިއު ކުރީ އޭރު އިސްލާމްދީނާ ގުޅުވައި ދެކެވުނު ވާހަކަތަކަށް އެމްބެސެޑަރ ރައްދު ދެއްވާފައިވާތީއެވެ.

ޗައިނާއިން ރާއްޖޭގެ ދާޚިލީ ކަންކަމާ ނުބެހޭކަމަށާއި، އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށް ބުނެ ދިޔަރެސްގައި އަޒާން ލިޔަމުން އަންނަ ކަމަށް އެ ލިޔުމުގައި ވެއެވެ.

ރައީސް ޔާމީންގެ ދައުރުގައި ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 1.5 ބިލިއަން ޑޮލަރުން މައްޗަށް އަރާފައިވާއިރު، މި ލޯނު ދެއްކުމަކީ ރާއްޖެފަދަ ގައުމަކަށް ބުރަކަމެއް ކަމަށް އެ ލިޔުމުގައި ބަޔާން ކޮށްފައިވެއެވެ. މި ހަގީގަތް އެނގި ހުރެ، ޗައިނާއިން އަވަށްޓެެރި ގައުމުތަކަށް ފަންޑު ދޭއިރު ރާއްޖެއަށް ނުދެނީ ކީއްވެތޯ އަޒާން ޓްވިޓާރގައި ސުވާލު އުފެއްދީ ކީއްވެތޯ އެ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

އަދި 2020 ޖޫންގައިވެސް ހަމަ މިފަދައިން ސުވާލު އުފައްދާ އަޒާން ޓްވީޓް ކޮށްފައިވެއެވެ. ޗައިނާއިން ލޯނު ނުނަގަންވީ ކީއްވެގެންތޯއާއި، އެއީ އިންޑިއާގެ ހުއްދަ ނެތުމުންތޯ ތަކުރާރުކޮށް ސުވާލު އުފައްދާފައިވާ ކަމަށް ލިޔުމުގައިވެއެވެ.

Advertisement

އެ ލިޔުމުގައި ބުނެފައިވަނީ ރާއްޖޭގެ ބައެއް މީޑިއާތައް ކޮންޓްރޯލް ކުރުމަށް ޗައިނާއިން މަސައްކަތް ކުރާކަމަށެވެ. އެގޮތުން ޗައިނާއިން ކޮންޓްރޯލް ކުރަމުން އަންނަ ދިޔަރެސް ނޫހުން ފާއިތުވި އަހަރު ވަނީ އެމްޑީީޕީން ޗައިނާގެ ނަން ހުތުރު ކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތައްވެސް ކޮށްފައެވެ. މި ތުހުމަތުތައް ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއާއެކު ހީނަރުވެފައި އޮތް ގުޅުން ރައީސް ސާލިހުގެ ވެރިކަމުގައި ރަނގަޅުވުމުން ކަމަށް ލިޔުމުގައިވަނީ ފާހަގަކޮށްފައެވެ.

އަޒާން އިސްވެ ހުރެ ދިޔަރެސްއިން ހިންގަން ފެށި "އިންޑިއާ އައުޓް" ކެމްޕެއިން 2021ގެ ކުރީ ކޮޅުގައި ފެށިގެން އައީ ރައީސް ޔާމީންގެ މަދު ސަޕޯޓަރުން ތަކަކާއެކުގައި ކަމަށާއި، ބޭނުމަކަށްވީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުކޮށް އިންޑިއާއިން ރާއްޖޭގައި ހިންގަމުން އައި ޕްރޮޖެކްޓްތައް މަޑު ޖައްސާލުން ކަމަށެވެ.

އެ ލިޔުމުގައި ބުނެފައިވަނީ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދިޔަރެސް އަދި 'ދަ މޯލްޑިވްސް ޖާރނަލް' އިން ޚަބަރު ފަތުރަމުންދާ ކަމަށެވެ. އެގޮތުން އުތުރު ތިލަފަޅު އެއްބަސްވުމާއި، އައްޑޫގައި ހަދަމުންދާ ޕޮލިސް އެކެޑަމީގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ބުނެ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރު ފަތުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އޮކްޓޯބަރ 2021ގައި ކޮލަމްބޯ އިންފޯރމޭޝަން އެޖެންސީން ވަނީ ޓްވިޓަރގައި އިންޑިއާ އައުޓް ކެމްޕެއިން ހިންގަމުން ދިޔަ ޓްވިޓަރ ހެންޑްލް ތަކުގެ ހަގީގަތް ހާމަކޮށްފައެވެ. އެ ރިިޕޯޓުގައި ބުނެފައިވަނީ، އެ ކެމްޕެއިން ޕްރޮމޯޓް ކުރަނީ މަދު އެކައުންޓްތަކެއް ކަމަށާއި، އެ ހުރިހާ އެކައުންޓަކީވެސް އަޒާންއާ ގުޅުންހުރި އެކައުންޓްތައް ކަމަށެވެ.

އެހެންކަމުން މިއީ 2018ގެ އިންތިޚާބުން ރައީސް ޔާމީން ބަލިވުމުން، ތާއީދު ހޯދުމުގެ ބޭނުމުގައި ކުރަމުން އަންނަ ކަމެއް ކަމަށް ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އަޒާންއާ ޗައިނާއާ އޮންނަ ގުޅުން ބެލުމަކީ މުހިއްމު ކަމެއް ކަމަށާއި، މިފަދަ ދޮގު ޚަބަރު ފެތުރުމުގެ ޖާގަ ދެވިިގެން ނުވާނެ ކަމަށް ލިޔުމުގައި ވަނީ ބުނެފައެވެ. އަދި މިއީ ރާއްޖޭގެ މީޑިއާތަކަށް ޗައިނާއިން އޮތް ނުފޫޒު ދެނެގަތުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް