ކ. މާލެ
|
28 ޖެނުއަރީ 2022 | ހުކުރު 17:51
ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަތުން
ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަތުން
ފޮރިން މިނިސްޓްރީ
ތުރުކީގެ ޚާރިޖީވަޒީރު ރާއްޖޭގައި
ތުރުކީގެ ޚާރިޖީވަޒީރު ރާއްޖެ ވަޑައިގެންފި
 
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލު ކުރައްވާނެ
 
ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައި
 
ރަސްމީ މަޝްވަރާތައް އޮންނާނީ އަންނަ އާދީއްތަ ދުވަހު

ތުރުކީގެ ޚާރިޖީވަޒީރު މެވްލުތު ޗަވްޝޯލޫ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދެވެ. މިނިސްޓަރު މެވްލުތުގެ ދެ ދުވަހުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މެވްލުތު ޗަވްޝޯލޯގެ މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް އޮންނާނީ އަންނަ އާދީއްތަ ދުވަހުކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެ މަޝްވަރާތަކަށްފަހު ގުޅުން ބަދަހިކުރުމަށް އެކުލަވާލާ އެއްބަސްވުން ތަކުގައި ސޮއި ކުރެއްވުން އޮންނާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާވެސް ބައްދަލު ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް