Advertisement
ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 21:58
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ރާއްޖެއެމްވީ
ކޮވިޑު ބަލީގައި މީހަކު ނިޔާވުން
ކޮވިޑްގައި އިތުރު މަރެއް، ޖުމްލަ 274ށް
ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް
އޭނާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:53 ހާއިރު
ފަރުވާ ހޯދަމުން ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީން

ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި, އޭނާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:53 ހާއިރު ކަމަށެވެ.

Advertisement

އެޗްޕީއޭއިން ބުނީ، އޭނާ ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީން ކަމަށެވެ.

މިމަރާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 274ށް އަރާފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަނީ އަނެއްކާވެސް ގޯސްވާން ފަށާފައެވެ. އެގޮތުން އެކްޓިވް ކޭސްތަކުގެ އަދަދު މަތިވެ، ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވާން ފަށާފައެވެ.

މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 37 އިންސައްތައިގައެވެ. ހާލަތު ގޯސްވާން ފެށުމާއެކު މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް މިހާރު ވަނީ އަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް