ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 12:52
ކުޅުދުއްފުށި ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން
ކުޅުދުއްފުށި ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން
އެމްޕީއެލް
ކުޅުދުއްފުށްޓާއި ތިނަދޫ ރީޖަނަލް ޕޯޓް
ކުޅުދުއްފުށްޓާއި ތިނަދޫ ރީޖަނަލް ޕޯޓް ތަރައްގީ ކުރަން އެމްޓީސީސީއަށް
 
ތިނަދޫ ރީޖަނަލް ޕޯޓުުގެ މަަސައްކަތް ހަވާލުކޮށްފައިވަނީ، 17.8 މިލިއަން ރުފިޔާއަށް
 
ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 138.9 މިލިއަން ރުފިޔާއަށް

ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއި ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކުރުމަށް މޯލްޑިވްސް ޓްރާންސޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއާއި ޗީފް އިންޖީނިއަރ އާދަމް މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރި-ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. މީގެއިތުރުން، އޮފީސް އިމާރާތެއް އެޅުމާއި ވޯރކްޝޮޕް އިމާރާތެއް އެޅުމާއި އެންވަރަންމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނޭކަމަށް އެމްޕީއެލުން ބުންޏެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޕޯޓް އޮފީން އިމާރާތެއް އެޅުމާއި، ގާޑް ހައުސް އިމާރާތަކާއި ވެއަރ ހައުސް އަދި ވޯރކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑަރ ހަރުކުރުން ހިމެނެއެވެ. އެމްޕީއެލުން ބުނީ ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 138.9 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައިވަނީ، 495 ދުވަހުގެތެރޭގައެވެ.

އަދި ތިނަދޫ ރީޖަނަލް ޕޯޓުުގެ މަަސައްކަތް ހަވާލުކޮށްފައިވަނީ، 17.8 މިލިއަން ރުފިޔާއަށެވެ. މަސަައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 330 ދުވަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށް 6 މަހުގެ މެޓަރނިޓީ ލީވް ލިބޭކަމަށް އުސޫލުގައިވެސް ހިމަނައި، އައު އުސޫލަށް އަމަލުކުރަން ފަށައިފި
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
މުލަކަތޮޅާއި މާލެއާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމާއި އާރުޓީއެލް ފެރީގެ ޚިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި