ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 06:47
ކޮވިޑް-19 ޕެންޑަމިކް ތެރޭގައި ސީ އެމްބިޔުލަންސްގެ ބޭނުން އަންނަނީ ކުރަމުން
ކޮވިޑް-19 ޕެންޑަމިކް ތެރޭގައި ސީ އެމްބިޔުލަންސްގެ ބޭނުން އަންނަނީ ކުރަމުން
ފޭސްބުކް
ކޮވިޑް ސާމްޕަލް އުފުލުމަށް ލޯންޗު ހޯދަނީ
ކޮވިޑް ސާމްޕަލް އުފުލުމަށް 13 ލޯންޗެއް ހޯދަނީ
ބީލަމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އައި.ސީ.ބީ އުސޫލުގެ މަތިން
މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 25,000.00 ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެ
ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް

ކޮވިޑް ސާމްޕަލް ޓްރާންސްފާރ ކުރުމަށް 13 ސްޕީޑްބޯޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ވާރލްޑް ބޭންކް ގެ އެހީގައި ހިންގަމުންދާ ކޮވިޑް-19 އެމާޖަންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓްގެ ދަށުން ސާމްޕަލް ޓްރާންސްފާރ ކުރުމަށް 13 ސްޕީޑްބޯޓް ސަޕްލައި ކޮށްދޭން ފަރާތެއް ހޯދުމަށް ހަމަޖެހިފައިވާކަމަށެވެ. ވީމާ މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް ސާމްޕަލް ޓްރާންސްފާ ކުރުމަށް 13 ސްޕީޑްބޯޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ވާރލްޑް ބޭންކް ގައިޑްލައިންސް: އައިޑީއޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތައް ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިޞްލާޙުކޮށްފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށް ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.  

މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 25,000.00 ޔޫ.އެސް ޑޮލަރު (ފަންސަވީސް ހާސް ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ މާރިޗު 10ވާ ބުރާސްފަތި ދުވަހުގެ 11:00ގަ އެވެ.

- ކޮމެންޓް