ކ. މާލެ
|
26 ޖެނުއަރީ 2022 | ބުދަ 17:48
އިންޑިއާއާ ރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
އިންޑިއާއާ ރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
އިންޑިއާ އިން މޯލްޑިވްސް
އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަސް
އިންޑިއާގެ ގާނޫނު އަސާސީއަކީ ދުނިޔޭގެ އެހެނިހެން ޑިމަކްރަޓިކް ގައުމުތަކުގެ އިތުބާރު ލިބިފައިވާ ގާނޫނު އަސާސީއެއް: ރައީސް ސޯލިހު
އިންޑިއާގެ ޑިމަކްރަސީއަކީ މުޅި ދުނިޔެއަށް ހުރި ނަމޫނާއެއް
މިއީ ރިވެތި އުސޫލުތަކާއި ހަމަތަކުގެ މަތީގައި ވުޖޫދުވެފައިވާ ގާނޫނު އަސާސީއެއް
އިންޑިއާއިން ވަނީ، ދެކުނު އޭޝިއާގެ އިތުރުން މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައި

އިންޑިއާގެ ގާނޫނު އަސާސީއަކީ ދުނިޔޭގެ އެހެނިހެން ޑިމަކްރަޓިކް ގައުމުތަކުގެ އިތުބާރު ލިބިފައިވާ ގާނޫނު އަސާސީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވައި ރައީސް ސޯލިހު ވިދާޅުވީ, އިންޑިއާގެ ޑިމަކްރަސީއަކީ މުޅި ދުނިޔެއަށް ހުރި ނަމޫނާއެއް ކަމަށެވެ. މިއީ ރިވެތި އުސޫލުތަކާއި ހަމަތަކުގެ މަތީގައި ވުޖޫދުވެފައިވާ ގާނޫނު އަސާސީއެއް ކަމަށާއި، ދުނިޔޭގެ އެހެނިހެން ޑިމަކްރަޓިކް ގައުމުތަކުގެ އިތުބާރު ލިބިފައިވާ ގާނޫނު އަސާސީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ, މިއީ އިންޑިއާގައި ޖުމްހޫރީ ވެރިކަމެއް ގާއިމްވެ ޑިމަކްރަސީގެ އުސޫލުތަކާއިއެކު އުފެދުނު ގާނޫނު އަސާސީ ވުޖޫދުވި ދުވަސް ކަމަށެވެ. އަދި މިއަދު ޑިމަކްރަޓިކް ރިވެތި އުސޫލުތަކާއި ގާނޫނުތައް ދެކުނު އޭޝިއާގެ އިތުރުން މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެގައުމުގެ ގާނޫނުއަސާސީ ވުޖޫދުވެ, އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން މިނިވަންވެ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ގާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.

- ކޮމެންޓް