ކ. މާލެ
|
26 ޖެނުއަރީ 2022 | ބުދަ 09:58
ސާރާ ނަސީމް - ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖަރ
ސާރާ ނަސީމް - ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖަރ
ރާއްޖެއެމްވީ
ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތް
ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުން - ޓްރާންސްޕޭރެންސީ
ވިސްލް ބްލޯވަރ އެކްޓް ހެދުމަށްފަހުވެސް ތަންފީޒީ މަރުހަލާ ލަސް
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ޖެހޭ މީހުންނަށް ދޭން ޖެހޭ ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ ހުރަސްތަކެއް އެބަހުރި

ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ މިހާރު އޮތް ހިސާބާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖަރ ސާރާ ނަސީމް ވިދާޅުވީ، އިންސާނީ ހައްގާއި، އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. ދުނިޔޭގެ ގައުމުތަކަށް ބަލާލި ނަމަވެސް ބޮޑަށް ކޮރަޕްޓް ވެފައިވާ ގައުމުތަކުގައި އަސާސީ ހައްގުތައް އޭގެ ފުރިހަމައަށް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.

ސާރާ ވިދާޅުވީ، މިހާރު ރާއްޖެ އޮތް ހިސާބުން އެހެން ހިސާބަކަށް ދިޔުމައްޓަކައި، އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމުކަމަށެވެ. ޚާއްސަކޮށް ގްރޭންޑް ކޮރަޕްޝަން ނުވަތަ ދައުލަތެއްގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ތަހުގީގު ކުރުމަށްފަހު އެ ނިންމާ ނިންމުން ތަންފީޒު ކުރުން މުހިންމު ކަމަށެވެ. ވިސްލް ބްލޯވަރ އެކްޓް ހެދުމަށްފަހުވެސް ތަންފީޒީ މަރުހަލާ ލަސް ކަމުގައި ސާރާ ވިދާޅުވިއެވެ. އެގޮތުން އެޗްއާރްސީއެމުން އެކަމަށް ހަދަން ޖެހޭ ޔުނިޓް އަދިވެސް ރަނގަޅަށް ނުހެދިވާ ކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ޖެހޭ މީހުންނަށް ދޭން ޖެހޭ ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ ހުރަސްތަކެއް ހުރިކަން ސާރާ ފާހަގަކުރެއްވިއެވެ.

- ކޮމެންޓް