ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 23:02
ކޮވިޑް ސާމްޕަލް ނަގަނީ
ކޮވިޑް ސާމްޕަލް ނަގަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކޮވިޑް-19، ރާއްޖޭގެ ހާލަތު
7000ށްވުރެ ގިނަ ސާމްޕަލްގެ ތެރެއިން 2000ށްވުރެ ގިނަ މީހުން ޕޮޒިޓިވް
މާލެ ސަރަހައްދުން 3963 ސާމްޕަލް ނަގާފައިވޭ
މާލެ ސަރަހައްދުން 1427 މީހުން ޕޮޒިޓިވްވެފައިވޭ
އަތޮޅުތެރޭގެ ރަށްރަށުން 782 މީހުން ޕޮޒިޓިވްވި

7000ށްވުރެ ގިނަ ސާމްޕަލްގެ ތެރެއިން 2000ށްވުރެ ގިނަ މީހުން ޕޮޒިޓްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް 7584 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 3963 ސާމްޕަލް ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިސާމްޕަލްތަކުގެ ތެރެއިން 2609 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން 1427 މީހުން، އަތޮޅުތެރޭގެ ރަށްރަށުން 782 މީހުން، ހިންގަމުންދާ ރިސޯޓުތަކުން 109 މީހުންނެވެ. އަދި 290 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުން ކަމެއް ދެނެގަނެވިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ 16666 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 57 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންދާ ކަމަށެވެ.

މިހާތަނަށް 122777 މީހުން ޕޮޒިޓިވްވެފައިވާއިރު، 105827 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި 271 މީހުން މިބަލީގައި ވަނީ ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 36 އިންސައްތައިގައެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ. ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދިއުމަށް ނިންމާފައިވާއިރު، ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ނިންމާފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

- ކޮމެންޓް