ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 08:07
ބ އަތޮޅު ބަޔޯސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމާއެކު ރާއްޖޭގެ އިގްތިސާދީ ގިނަ ފައިދާތަކެއް
ބ އަތޮޅު ބަޔޯސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމާއެކު ރާއްޖޭގެ އިގްތިސާދީ ގިނަ ފައިދާތަކެއް
ބަޔޮސްފިޔަރ ރިޒާވް އޮފީސް
ބ އަތޮޅު ހިމާޔަތްކުރުމުގެ މަސައްކަތްތައް
ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭ ބ.އަތޮޅުގެ 10 އިންސައްތަ ހިމާޔަތްކުރެވޭނެ
 
ބ އަތޮޅު ކައުންސިލުން ތަރައްގީގެ ޕްލޭން ތައްޔާރުކުރިއިރު ތަންތަން ހިމާޔަތްކުރުމަށް ހިމަނާފައިވޭ
 
ބ އަތޮޅުގެ ބަޔޮސްފިޔަރ ރިޒަރވް އަށް 10 އަހަރުފުރުމާއި ގުޅިގެން އެކޮލޮޖިކަލް ސަރވޭއެއް ކުރިޔަށް ގެންގޮސްފައިވޭ

ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭގައި ބ އަތޮޅުގެ 10 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދުގެ ގޮތުގައި ކަނޑައެޅިގެންދާނެކަމަށް ބ.އަތޮޅު ޔުނެސްކޯ ބަޔޮސްފިޔަރ ރިޒަރްވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ އަލީ ވިދާޅުވެއްޖެއެވެ.

ބަޔޮސްފިޔަރ ރިޒަރވް ބެލެހެއްޓުމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާފީ ވިދާޅުވީ ބ އަތޮޅުގެ ބަޔޮސްފިޔަރ ރިޒަރވް އަށް 10 އަހަރުފުރުމާއި ގުޅިގެން ޔުނެސްކޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އެކޮލޮޖިކަލް ސަރވޭއެއް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. މުޅި އަތޮޅުގައި ކުރިޔަށްގެންދިޔަ ސަރވޭއިން ހާމަވީ އަތޮޅުގައި ތިމާވެށީގެ ގޮތުން މުހިންމު މުއްސަނދި ތަންތަން ހުރިކަންކަމަށް ޝާފީ ވިދާޅުވިއެވެ.

އެހެންކަމުން އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމަށް މިހާރު ހުށަހަޅާފައިވާ ކަމަށް ޝާފީ ވިދާޅުވިއެވެ. އަދި މިހުށަހެޅުމަށް އިތުރަށް ބާރު ލިބިގެންދިޔައީ ބ އަތޮޅު ކައުންސިލުން ތަރައްގީގެ ޕްލޭން ތައްޔާރުކުރިއިރު ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނުމުންކަމަށް ޝާފީ ވިދާޅުވިއެވެ. ޕްލޭންގައިވާ ގޮތުން ބ އަތޮޅުގެ އެންމެ މަދުވެގެންވެސް 10 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ކަނޑައެޅުމަށް ކައުންސިލުން ބޭނުންވާކަމަށެވެ.

ބ އަތޮޅުގެ ރައްޔިތުންނަކީ ތިމާވެއްޓަށް ހޭލުންތެރި ރައްޔިތުންތަކެއްކަމަށް ޝާފީ ވިދާޅުވިއެވެ. ތަންތަން ބެލެހެއްޓުމުގައިވެސް އަތޮޅުގެ ރައްޔިތުންގެ އެއްބާރުލުން ލިބޭކަމަށް ޝާފީ ވިދާޅުވިއެވެ.

މީގެއިތުރުން ބަޔޮސްފިޔަރ ރިޒަރވް އެގޮތުގައި ބޭއްވުމަށް މިއަހަރުތެރޭގައި މަސައްކަތްތަކެއް ކުރާނެކަމަށް ޝާފީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް