ކ. މާލެ
|
29 ޖޫން 2021 | އަންގާރަ 18:13
ހަނިފަރު ސަރަހައްދު
ހަނިފަރު ސަރަހައްދު
ބަޔޮސްފިޔަރ ރިޒާވް އޮފީސް
އިޤްތިޞާދަށް ފައިދާވުން
ބ އަތޮޅު ބަޔޯސްފިއަރ ރިޒަރވްގެ ގޮތުގައި ކަނޑައެޅުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ގިނަ ފައިދާތަކެއް
 
ޔުނެސްކޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން
 
ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ބ އަތޮޅު އެންމެ ފުރަތަމަ ކަނޑައެޅީ 28 ޖޫން 2011ގައި
 
ބ.އަތޮޅަށް އައި ފަތުރުވެރިންގެ އަދަދާއި، އިންވެސްޓްކޮށްފައިވާ މިންވަރު ވަރަށް ބޮޑުތަން އިތުރު

ބ އަތޮޅު ބަޔޯސްފިއަރ ރިޒަރވްގެ ގޮތުގައި ކަނޑައެޅުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ގިނަ ފައިދާތަކެއް ލިބިއްޖެއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ބަޔޯސްފިޔަރ ރިޒަރވްގެ ގޮތުގައި ޔުނެސްކޯއިން ބ އަތޮޅު ކަނޑައެޅިތާ 10 އަހަރު ފުރިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ފާއިތުވި އަހަރުގެ ތެރޭގައި އިޤްތިޞާދީ ގިނަ ނަފާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ބ.އަތޮޅަށް އައި ފަތުރުވެރިންގެ އަދަދާއި، އިންވެސްޓްކޮށްފައިވާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

ބ.އަތޮޅަށް އައި ޓޫރިސްޓުންގެ އަދަދާއި އެތަނުގައި ޓޫރިސްޓުން އިންވެސްޓްކޮށްފައިވާ އަދަދު މިވަނީ ވަރަށް ބޮޑުތަން އިތުރު ކުރެވިފައި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު

ބަޔޯސްފިއަރ ރިޒާވެއްގެ ގޮތުގައި ބ.އަތޮޅު އެންމެ ފުރަތަމަ ކަނޑައެޅީ 28 ޖޫން 2011ގައެވެ. 

ބ.އަތޮޅުގައި 10 ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްގެ "ކޯއޭރިއާ"ގެ ގޮތުގައި ކަނޑައަޅާފައި އެބައޮތެވެ. އެއީ ހަނިފަރު، ގޮއިދޫ ކޯރު ސަރަހައްދު، މަތިފަރު ހުރާ، މާހުރުވަޅި، ބަތަލާހުރާއާއި އެތަނުގެ ވަށައިގެންވާ ފަރު، ކޯބިން ނައު އަޑިއަށް ގޮސްފައިވާ ސަރަހައްދު، މެންދޫ ސަރަހައްދު، އަނގަފަރު، ދިގަލި ހާ، އަދި އޮޅަގިރިއެވެ.

މިސަރަހައްދުތަކުގެ ތެރެއިން އެންމެބޮޑު އާމްދަނީއެއް ލިބޭ އެއްތަނަކީ ހަނިފަރު ބޭއެވެ. އަދި ފަތުރުވެރިންގެ މެދުގައި މިސަރަހައްދުގެ މަގުބޫލުކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެއީ މިސަރަހައްދަކީ ގިނަ އަދަދަކަށް އެންމަޑި ފެންނަ ސަރަހައްދަކަށް ވާތީއެވެ. ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެތަނަށް 40،000ށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ބަޔޯސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅިތާ 10 އަހަރުވުމާއެކު، އިތުރަށް މިގޮތުގައި އެއަތޮޅު ދެމެހެއްޓުމަށް ޔުނެސްކޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަހަރުވަނީ ފަށާފައެވެ. އަދި އެމަސައްކަތް ނިންމައި މިއަހަރުގެ ސެޕްޓެމްބަރު މަހު ޔުނެސްކޯއަށް ހުށަހަޅާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް