ހ.އ ދިއްދޫ
|
24 ޖެނުއަރީ 2022 | ހޯމަ 20:07
ހއ. ދިއްދޫ
ހއ. ދިއްދޫ
ސޯޝަލް މީޑިއާ
ދިއްދޫ ޕްރީސްކޫލްގެ ފީ ކުޑަކުރުން
ދިއްދޫ ޕްރީސްކޫލްގެ ފީ ކުޑަކޮށްފި
ފީ ކުޑަކުރުމަށް ހުށައަޅާފައިވަނީ ކައުންސިލަރ ޢާއިޝަތު ޝަދީލާ
ފެބްރުއަރީ މަހުން ފެށިގެން، ޕްރީސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަތުން ފީއެއްގެ ގޮތުގައި ނަގަމުންދާނީ -/300ރ

ހއ. ދިއްދޫގައި ހުންނަ ޣާޒީ މުޙައްމަދު ޕްރީސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަތުން ނަގަމުންދާ ފީ ކުޑަކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ދިއްދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ޕްރީ ސްކޫލުން ނަގަމުންދާ ފީގެ 50ރ(ފަންސާސް ރުފިޔާ) އުނިކުރުމަށް ވަނީ ނިންމާފައިއެވެ. އެހެންކަމުން މިފެށޭ ފެބްރުއަރީ މަހުން ފެށިގެން، ޕްރީ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަތުން ފީއެއްގެ ގޮތުގައި ނަގަމުންދާނީ -/300ރ (ތިންސަތޭކަ) ރުފިޔާއެވެ.

ދިއްދޫ ކައުންސިލް 4 ވަނަ ދައުރުގެ 42ވަނަ ޢާންމު ބައްދަލުވުމުގައި ފީ ކުޑަކުރުމަށް ހުށައަޅާފައިވަނީ ކައުންސިލަރ ޢާއިޝަތު ޝަދީލާއެވެ. އަދި ކައުންސިލްގެ ނައިބުރައީސް ޢަބްދުﷲ ވަޙީދު ވަނީ މި ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ. މި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލްގެ ބައްދަލުވުމަށް ޙާޒިރުވި 6 މެމްބަރުންގެ އިއްތިފާޤުންއެވެ.

- ކޮމެންޓް